ތާޢާރަފް:
ދުޢާ އަކީ ކޮންމެ މުސްލިމެއްގެ ހަތިޔާރެވެ. މައްކާގެ މާތް ބިމަށް ދެވި ދުޢާ ކުރަން ފުރުސަތު ލިބި އޭގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން ޖެހެއެވެ. އެހެންކަމުން ޢުމްރާގެ އަޅުކަމުގައި ކިޔަންޖެހޭ ދުޢާތައް ދަސްކުރަން ޖެހެއެވެ. ކައުބަތުﷲ ގެފުޅު ކައިރީ ދުޢާ ކުރަން ލިބިއްޖެނަމަ އެފުރުސަތު ނަގާ ނުލައްވާށެވެ.
ޤިބްލަ ޙައްޖު އެންޑް ޢުމްރާއިން ޢުމްރާވެރިންނަށް ދޭ މިހަދިޔާ އަކީ "ޢުމްރާ ދުޢާ" ފޮތެކެވެ. މިފޮތުގެ ބޭނުން ޢުމްރާވެރިންނަށް ހިފިއްޖެނަމަ މިކުންފުނީގެ މަޤްސަދު ހާސިލްވީއެވެ.