ޑޮކްޓަރުންނަށް ދެއްކުމުގެ ކަންކަން އޮންނަނީ ކިހިނެއް؟ މީހުން ގިނައިންދާ ޢުމްރާ ދަތުރުތަކުގައި ޢުމްރާ ދަތުރުތަކުގައި ޑޮކްޓަރަކު ބައިވެރިވާނެ. ހޮޓަލުގައި ބަލިމީހުން ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ. އަދި މީގެ އިތުރުން ބޭސް ނެގުމުގައި މިކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނެ. ލިންކް
ދިވެހި ކެއުން ލިބޭތޯ؟ މިކުންފުނީގެ ފަރާތުން ކެއުމުގެ އިންތިޒާމް ހަމަޖައްސާނީ ރާއްޖެއިންދާ ކައްކާއިންގެ އެހީތެރިކަމާއި އެކުގައި. ފެންވަރު ރަނގަޅު ދިވެހި ކެއުން ތިބޭ ހޮޓަލުން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ. ލިންކް
ޖިއްދާ ދަތުރެއް އޮވޭތޯ؟ ޖިއްދާ ދަތުރު ދާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހަމަޖައްސައިދެވޭނެ. ލިންކް
ތާއިފު ދަތުރު ބާއްވާތޯ؟ ޗާޖު ކުރޭތޯ ވަކިން؟ ތާއިފު ދަތުރު ދާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައި. ދަތުރުގައި ބައިވެރިވާ މީހުންގެ އަދަދުން ޗާޖު ކުރެވޭނެ. ލިންކް
ޒިޔާރަތް ދަތުރުތައް ރޭވިފައިވޭތޯ؟ މައްކާ އަދި މަދީނާގެ ޒިޔާރަތް ދަތުރު ހަމަޖެހިގެންދާނެ. އެގޮތުން މައްކާގެ ޒިޔާރަތް ދަތުރުގައި ހިރާ ފަރުބަދަ ފަދަ ތަންތަނަށް ޒިޔާރަތް ކުރާނެ. ލިންކް
ކިތައް ޢުމްރާ ވެވޭނެ ހެއްޔެވެ؟ ޖުމްލަ 2 ޢުމްރާ ވެވޭނެ. އެއީ ރާއްޖެއިން އިން މައްކާއަށް ދާއިރުވާ ޢުމްރާ އާއި މަދީނާއިން މައްކާއަށް ދާ ޢުމްރާ. މީގެ އިތުރުން އިތުރު ޢުމްރާ ވާން ބޭނުންވާ ފަރާތްތަކަށް ތާއިފު ދަތުރު ކުރާނަމަ ޢުމްރާއެއް ވުމުގައި ފުރުސަތު ލިބިގެންދާނެ. ލިންކް
މީހުން ގިނަ ނަމަ ޑިސްކައުންޓެއް ލިބޭތޯ؟ ގްރޫޕްތަކަށް އުމްރާގެ ހާއްސަ އަގުތަކެއް ހަމަޖެހިގެންދާނެ. ލިންކް
ހޮޓާ ހުންނާނީ ހަރަމާއި ކިހާ ހިސާބެއްގައި؟ މިކުންފުނީގެ މައިގަނޑު މަޤްސަދަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުން. އެގޮތުން ވީހާވެސް ހަރަމާއި ކައިރިން ހޯޓާ ނެގުމަކީ މިކުންފުނިން އެންމެ އިސްކަން ދޭނެ ކަން ކަމުގައި ފާހަގަ ކުރަން. ކުރިއަށް އޮތް އުމްރާ ދަތުރުގައިވެސް ހަރަމާއި 8 މިނިޓާއި 10 ލިންކް
ރޫމް ވަކިން ނަގަންޏާ ހަދަން ޖެހޭނީ ކިހިނެއް؟ ޢުމްރާގެ އަގުގެ ތެރޭގައި ހިމެނޭނީ ޝެއަރޑް ރޫމް. ކޮންމެ ރޫމެއްގައި ތިބޭނީ 4 ނުވަތަ 6 މީހުން. ރޫމްތަކަށް މީހުން ހަމަޖެއްސުމުގައި އާއިލާތަކަށާއި އެއްކޮށް ރަޖިސްޓްރީކުރާ ގްރޫޕްތަކަށް އިސްކަންދެވޭނެ. ވަކިން ރޫމް ނަގަން ބޭނުން ނަމަ އެފުރުސަތުވެސް އޮންނާނެ. ލިންކް