fbpx

ޒިކުރުކުރުމުގެ 10 ފައިދާ

ލިޔުނީ: މުޙައްމަދު މަޢޫން

 

ޒިކުރުކުރުމުގެ 10 ފައިދާ
ގިނަގިނައިން ޒިކުރުކުރާށެވެ. ފަހެ އެކަމުގެ ފައިދާތައް މަތިވެރިވެގެންވެއެވެ. ޒިކުރުކުރުމުގެ ބައެއް ފައިދާތަކަކީ:
♡ ޝައިޠާނާ ދުރުކޮށްދިނުން
♡ ރަޙްމާންވަންތަ އިލާހުގެ ރުއްސެވުން ލިބުން
♡ ﷲ ތަޢާލާގެ މިންވަރުފުޅާއިމެދު ރުހިގެން ހުރުމަށް ތައުފީޤްލިބުން
♡ ހިތްހަމަޖެހުން ލިބުން
♡ ހިތާމަތަކާއި،ކަންބޮޑުވުންތަކާއި، މޮޅިވެރިކަން ފިލައިގެން ދިޔުން
♡ ތިބާގެ މަސައްކަތްތަކުގައި ބަރަކާތްލެއްވިގެންދިޔުން
♡ ބާރުވެރިކަން ލިބުން
♡ އަޖުރު ލިބުން

♡ ފާފަތައް ފުހެވިގެންދިޔުން
♡ ހިތް މަޑުމޮޅިވެގެން ދިޔުން
ކޮޅަށްހުރެގެންނާއި، އިށީނދެ އިނދެގެންނާއި، އޮށޯވެއޮވެގެން ޒިކުރުކުރާށެވެ. ގޭތެރެގަޔާއި ގެއިން ބޭރުގައި އުޅޭއިރު ގިނަގިނައިން ޒިކުރުކުރާށެވެ. އެއްގަމު އުޅަނދުފަހަރުތަކުގަޔާއި އޮޑިދޯނިފަހަރުގައި ދަތުރުކުރާއިރު ގިނަގިނައިން ޒިކުރުކުރާށެވެ. އޮފީސްތަކާއި،މަދަރުސާތަކާއި، ހަސްފަތާލްތަކުގައި ތިބޭއިރު ގިނަގިނައިން ޒިކުރުކުރާށެވެ.
سورة الجمعة ގައި އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
“އަދި ގިނަގިނައިން ﷲ ހަނދުމަކުރާށެވެ. އެއީ ތިޔަބައިމީހުން ދިންނެވުމާއި ކާމިޔާބު ލިބިގަތުމަށްޓަކައެވެ.“
المصدر:
عائض القرني، احفظ الله يحفظك

ހިޔާލު ފާޅުކުރައްވާ!

Call Now Buttonގުޅުއްވާ