fbpx

ޙަޖަރުލް އަސްވަދާއި ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް

ލިޔުނީ: މުޙައްމަދު މަޢޫން

ފަންވަތުން: ޙަޖަރުލް އަސްވަދާއި ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް

ފަންވަތް 1
(نزل الحجر الأسود من الجنة و هو أشد بياضا من اللبن، فسودته خطايا بني آدم)
رواه الترمذي (877) و قال حسن صحيح
“ޙަޖަރުލް އަސްވަދު ސުވަރުގެއިން މިބިންމައްޗަށް ބާއްވައިލެއްވުނުއިރު އޭގެ ހުދުކަން ގެރިބަކަރީގެ ކިރަށްވުރެވެސް ގަދައެވެ.އެކަމަކު އާދަމުގެ ދަރިންގެ ފާފަތަކުގެ ސަބަބުން އެކަޅުވެގެންދިޔައީއެވެ.“
ފަންވަތް 2
(الحجر الأسود من الجنة)
رواه أحمد و النسائي
އަބްދުއްﷲ ބިން ޢައްބާސް ރިވާކުރައްވައިފައިވާ ހަދީސެއްގައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.
“ޙަޖަރުލް އަސްވަދު ބާއްވައިލެއްވިފައިވަނީ ސުވަރުގެއިންނެވެ.“
ފަންވަތް 3
(و الله ليبعثنه يوم القيامة له عينان يبصر بهما، و لسان ينطق به يشهد على من استلمه بحق)
رواه الترمذي (961) و حسنه

“ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ޤިޔާމަތްދުވަހުން މާތް ﷲ އެ ޙަޖަރުލް އަސްވަދު ތަންތަން ބެލުމަށްޓަކައި ދެލޮލާއި ޙައްޤުގޮތުގައި އެއަށް އިސްތިލާމްކުރި މީހުންނަށް ހެކިވުމަށްޓަކައި ދުލެއް ލިބިގެންވާ ޙާލު ފޮނުއްވާހުއްޓެވެ.“
ފަންވަތް 4
(إن مسحهما كفارة الخطايا)
رواه الترمذي (959) و حسنه
“އެ ދޭތީގައި (އެބަހީ:ޙަޖަރުލް އަސްވަދާއި ރުކުނުލް ޔަމާނީގައި) އަތްބީއްސުމަކީ ކުށްފާފަތައްފޮހެވޭ ކަމެކެވެ.“

ޙަޖަރުލް އަސްވަދުގައި ބޮސްދީ އޭގައި ބީހުމަކީ މުސްތަޙައްބުކަމެކެވެ. އެކަންކުރެވޭގޮތްވެއްޖެ މީހާ އެކަން ކުރާނީއެވެ.
އެކަންކުރުމުގައި މީސްތަކުންނަށް އުނދަގޫކުރުންފަދަ ޙަރާމްކަމަކަށް އަރައި ގަނެގެންނުވާނެއެވެ.
ފަންވަތް 5
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢުމަރުގެފާނަށް ހަދީޘްކުރެއްވިއެވެ.
“އޭ ޢުމަރެވެ. ހަމަކަށަވަރުން ތިބާއީ ވަރުގަދަ މީހެކެވެ. ޙަޖަރުލް އަސްވަދުކައިރީގައި ބައިބޯނުކުރާށެވެ. އަދި ނިކަމެތި މީސްތަކުންނަށް އުނދަގޫނުކުރާށެވެ. (ބައިބޯކަމެއްނެތި) އެކަހެރިކަމާއެކު އެކަން ކުރެވެން އޮތްނަމަ ކަލޭގެފާނު އެކަން ކުރައްވާށެވެ. އެހެންނޫންނަމަ އެއާއި އަރާހަމަވުމުން ޙަޖަރުލްއަސްވަދާއި ކުރިމަތިލާ ތަހްލީލްކިޔާ، ތަކްބީރުކިޔާށެވެ.
ފަންވަތް 6
ޙަޖަރުލް އަސްވަދަށް ސަލާމްދެންނެވުމާއި ބޮސްދިނުމާއި އިޝާރާތްކުރުމަކީ ﷲ ތަޢާލާ މަތިވެރިކުރުމުގެ ގޮތުން ކުރެވޭ އަޅުކަމެކެވެ. އެއީ އެއްވެސް ޙާލެއްގައި އެހިލައިގެ ސަބަބުން ފައިދާއެއް ނުވަތަ ގެއްލުމެއް ލިބޭކަމަށް އިޢުތިޤާދުކޮށްގެން ކުރާކަމެއް ނޫނެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ޙަޖަރުލް އަސްވަދުގައި ބޮސްދެއްވުމަށްފަހު މިހެން ވިދާޅުވިކަމަށް ޞަޙީޙައިނިގައި އައިސްފައިވެއެވެ. إِنِّي أَعْلَمُ أَنَّكَ حَجَرٌ لَا تَضُرُّ وَلَا تَنْفَعُ وَلَوْلَا أَنِّي رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُقَبِّلُكَ مَا قَبَّلْتُكَ [رواه البخاري (1520) ومسلم (1720)
މާނައީ: ހަމަކަށަވަރުން ތިޔައީ ގެއްލުމެއްވެސް އަދި ފައިދާ އެއްވެސް ނުދެވޭ ހިލައެއްކަން އަހަރެންނަށް އެނގެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތީގައި ބޮސްދެއްވަނިކޮށް އަހަރެންނަށް ނުފެނުނަމަ ތިއަކަށް ބޮހެއް ނުދިނީމުހެވެ.
ފަންވަތް 7
ޙަޖަރުލް އަސްވަދު އެންމެ ފުރަތަމަ ރިހި ކުލައިގެ އުރައެއްގެ ތެރެއަށް ލެއްވީ ޢަބްދުއްﷲ ބިން ޒުބައިރެވެ.
ޙަޖަރުލް އަސްވަދު އޮންނަނީ، ގެފުޅުގެ އިރު ދެކުނު ކަނުގަ އެވެ.
ޙަޖަރުލް އަސްވަދުގައި މިހާރުވަނީ 8 ހިލަކޮޅެވެ. އޭގެ އެންމެ ބޮޑު ހިލަކޮޅުވަނީ ކަދުރެއް ވަރެވެ.
ރެފަރެންސް:
أ.د سليمان بن صالح الغصن، البلد الأمين و البيت العتيق

ހިޔާލު ފާޅުކުރައްވާ!

Call Now Buttonގުޅުއްވާ