fbpx

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނީގެ އެޑްވައިޒަރަކީ ޑރ ޝަހީމް

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނީގެ އެޑްވައިޒަރަކަށް ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފިއެވެ.

ޑރ މުހައްމަދު ޝަހީމް އަލީ ސައީދަކީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ ހާއްސަ އެޑްވައިޒަރެވެ. އަދި ޑރ ޝަހީމަކީ ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރވެސް މެއެވެ. އަދި މީގެ އިތުރުން ޑރ ޝަހީމްވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގެ ވައިސް ޗާންސެލާރ ކަމާއި ޗާންސެލާރކަންވެސް ކުރައްވާފައެވެ.

ޑރ ޝަހީމް އެކުންފުނީގެ އެޑްވައިޒަރަކަށް ހަމަޖެއްސީ ޑރ ޝަހީމްއަކީ ޙައްޖާއި ޢުމްރާގެ ކަންކަމުގެ ޢިލްމާއި ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވުމުން ކަމަށެވެ. އަދި ޤިބްލަގެ އަމާޒަކީ ޑރ ޝަހީމްގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތްތަނުގައި މިކުންފުނީގެ ފަރާތުން ޢުމްރާވެރިންނަށް ދޭ ޚިދުމަތްތައް ތަރައްޤީ ކުރުމެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާއަކީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހުއްދަ ދީފައިވާ ކުންފުންޏެ ކެވެ.

——–

ނޫސްތަކުން

މިޚަބަރު އެހެން ނޫސްތަކުން ކަވަރުކޮށްފައިވޭ!

ހިޔާލު ފާޅުކުރައްވާ!

Call Now Buttonގުޅުއްވާ