fbpx

ޤިބްލަ އިން ޑިސެމްބަރު ޢުމްރާ ދަތުރުގެ ފުރުސަތު ހުޅުވާލައިފި

ޤިބްލަ އިން ޑިސެމްބަރު ޢުމްރާ ދަތުރުތަކުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތަތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޤިބްލައިން ޑިސެމްބަރު މަހުގެ ޢުމްރާ އަގަކީ މީހަކަށް 22000 ރުފިޔާ އެވެ. އަދި މަދަރުސާ ދަރިވަރުންނާއި އާއިލާތަކަށް ހާއްޞަ އަގުތަކެއް ހަމަޖައްސާފައިވާއިރު 4 އަދި 10 މީހުންގެ ގުރޫޕްތަކަށް ވެސް ހާއްޞަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

ގިބްލަ ހައްޖު އެންޑް ޢުމްރާ ގުރޫޕުން މަޢުލޫމާތުދޭގޮތުގައި ޑިސެމްބަރ މަހު ޢުމްރާ ޕެކޭޖުގައި ވަރަށް ގިނަ ޚިދުމަތްތައް ހިމެނޭނެއެވެ.

ގިބްލަ ހައްޖު އެންޑް ޢުމްރާގެ ހިދުމަތްތައް:
• ޙަރަމްފުޅާ ކައިރިން ހޮޓާ
• އިޙްރާމް
• ދެކޮޅު ޓިކެޓް
• ޠާއިފް އަދި ޖިއްދާ ދަތުރު
• މައްކާ އާއި މަދީނާގެ ޒިޔާރަތް ދަތުރު
• ދެ ޢުމްރާ ކުރުމުގެ ފުރުޞަތު
• ވިސާގެ ޚިދުމަތް
• ދިވެހިންގެ ރަހަތަކާގުޅޭ ކެއުން
• ތަމްރީން ޕްރޮގްރާމް
• ދީނީ މަޢުލޫމާތާއި ދަރުސް ދިނުން

މިޢުމްރާ ދަތުރުގެ ދިގުމިނަކީ 18 ދުވަހެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމާއި ނަންނޯޓް ކުރެއްވުމަށް 9666104 ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެގުރޫޕުން އެދެއެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސް ވިދާޅުވީ އެ ގުރޫޕުން އުމުރާ ދަތުރުގައި ވަަޑައިގަންނަވާ ބޭފުޅުން ތިއްބަވާ ހޮޓާ ހުންނާނީ ހަރަމްފުޅާއި ވަރަށް ކައިރީގައިކަމަށާ އެއީ ފެންވަރު ރަނގަޅު ހޮޓަލެއްކަމަށެވެ. އަދި ދިވެހިންނާއި ގުޅޭ ކެއުން ލިބެން ހުންނާނެކަމަށާ ތަޖްރިބާކާރުން އުމުރާވެރިންނަށް އެހީތެރިވުމަށް އަބަދުވެސް ހަރަކާތްތެރިވަމުންދާނެކަމަށެވެ.

މި ދަތުރުގައި މައްކާގައި 16 ދުވަސް، މަދީނާގައި 2 ދުވަސް ހޭދަކުރާނެކަމަށާ މައްކާއާއި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރާނެކަމަށްވެސް ޔާމިން އިދްރީސް ވިދާޅުވިއެވެ. އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ޤިބްލަ ޙައްޖު އެންޑް ޢުމްރާއަށް ދީފި އެވެ.

ހިޔާލު ފާޅުކުރައްވާ!

Call Now Buttonގުޅުއްވާ