ޢުމްރާގެ ދަތުރާއި ގުޅޭ މައުލޫމާތު

ޝުކުރިއްޔާ!

ފުރުމާއި އައުން:

– ރާއްޖެއިން ސައުދީއަށް: (މި ފްލައިޓްގައި ތިބޭނީ ޤިބްލަގެ 128 މީހުން)

  • މާލެއިން ފުރާ ތާރީޚް: 08 ޖުލައި 2024
  • ފުރާ ގަޑި: 15:25 މެންދުރު ފަހު
  • އެއާރޕޯޓްއަށް ދާންޖެހޭ ގަޑި: 12:00 މެންދުރު
  • ފްލައިޓް ރޫޓް: މާލެ/ރިޔާދު
  • ފްލައިޓް ނަންބަރު: SV839
  • ރިޔާދަށް ފްލައިޓް ޖައްސާ ގަޑި: 18:25 (ސައުދީ ގަޑިން)
  • ރޫޓް: ރިޔާދު/ޖިއްދާ
  • ޖިއްދާ ފްލައިޓް ނަންބަރު: SV1051 (ރިޔާދުން ފުރާނީ ރޭގަނޑު 22:00 ގައި)
  • ޖިއްޖާއަށް ފްލައިޓް ޖައްސާ ގަޑި: 23:50 ރޭގަނޑު

——————————————————-

-ސައުދީއިން ރާއްޖެއަށް-

  • ޖިއްދާއިން ފުރާ ތާރީޚް: 21 ޖުލައި 2024
  • ހޮޓަލުން އެއާޕޯޓްއަށް ފުރާ ގަޑި: 3:00 މެންދުރުފަހު
  • ޖިއްދާއިން ފުރާ ގަޑި: 23:00 ރޭގަނޑު
  • ރިޔާދަށް ފްލައިޓް ޖައްސާ ގަޑި: 00:50 ރޭގަނޑު
  • ފްލައިޓް ނަންބަރު: ޖިއްދާ/ރިޔާދު SV1050
  • ރިޔާދުން ފުރާ ގަޑި: ހެނދުނު 06:45 ގައި (22 ޖުލައި 2024)
  • މާލެއަށް ފްލައިޓް ޖައްސާ ގަޑި: 13:55 މެންދުރު (SV838) އެއީ 22 ޖުލައި 2024
1 ) ޢުމްރާ ވެކްސިންގ ޖެހުން
  • ޢުމްރާއަށް ދަތުރު ކުރާއިރު ވެކްސިންތައް ފުރިހަމަ ކުރަން ޖެހޭނެއެވެ. އެ ވެކްސިން ތަކަކީ ޕޯލިއޯ، މެނިންގޖައިޓިސް އަދި އިންފުލުއެންޒާއެވެ.
  • މާލެއިން ވެކްސިންގ ޖެހޭނީ ދަމަނަވެށި (މަޖީދީމަގު، ތެލެސީމިއާ ސެންޓަރާއި އިންވެގެން)
  • ހުޅުމާލެއިން ނަމަ ހުޅުމާލެ ހޮސްޕިޓަލުން ޖެހޭނެ.
  • ރަށް ރަށުންނަމަ ރީޖަނަލް ހޮސްޕިޓަލް ތަކުން ވެކްސިންގ ޖެހޭނެ. (ބައެއް ހެލްތް ސެންޓަރުތަކުން ރިކުއެސްޓް ކުރުމުން ގެނެސްދޭ)
  • ވެކްސިންގް ޖަހަން ވަޑައިގަންނަވާއިރު ޕާސްޕޯޓް ކޮޕީ ގެންދަވަންވާނެ.
  • ފުރުމުގެ 02 ހަފްތާ ކުރިން ވެކްސިންގ ޖައްސަވާ.
  • ވެކްސިންގ ޖެހުމަށް ޚަރަދުވާނީ 450 – 500 ރުފިޔާ.
  • ދަމަވެއްޓަށް ފައިސާ ދެއްކޭނީ ބަނޑޭރި ޕޯޓަލް ނުވަތަ ނަގުދު ފައިސާއިން.
2 ) ޑޮލަރު ގަތުން
  • ޢުމްރާއަށް ފުރާވަޑައިގަންނަވާ ކަސްޓަމަރުންނަށް ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވަނީ 25 ޖޫން 2024 އިން ފެށިގެން

  • ޢުމްރާވެރިންނަށް ޑޮލަރު ގަންނަން ލިބޭނީ ބީއެމްއެލް މެއިން ބްރާންޗުންނާއި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުންނެވެ.

  • ޑޮލަރު ބައްލަވައިގަތުމަށް، ރަސްމީ ގަޑީގައި "ކިޔުބީ އެޕް" މެދުވެރިކޮށް އޮންލައިން ޓޯކަންއެއް ނަންގަވަންވާނެއެވެ.

  • ބްރާންޗަށް ވަޑައިގެންނެވުމުގެ ކުރިން ކަސްޓަމަރުން ސަމާލުކަންދެއްވަންވީ ކަންތައްތައް:

  • ކޮންމެ އޮންލައިން ޓޯކަންއަކަށް ދޫކުރެވޭނީ ފަސް ކަސްޓަމަރުންގެ ޑޮލަރު

  • އިތުރު ކަސްޓަމަރުންނަށް ޑޮލަރު ބައްލަވައިގަންނަން ބޭނުންފުޅުވާނަމަ އިތުރު ޓޯކަންއެއް ނަންގަވަންވާނެ

  • ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ ޕާސްޕޯޓްގެ އޮރިޖިނަލް ގެންދަވަންވާނެ
  • މިއީ އާންމުކޮށް ޢުމްރާވެރިންނަށް ބެންކް މެދިވެރިކޮށް ޑޮލަރު ވިއްކާ އުސޫލެވެ. މި އުސޫލަށް ބަދަލު އަތުވެއްޖެނަމަ ޢުމްރާވެރިންނަށް ޤިބްލައިން އަންގާނެއެވެ.
3 ) ކިޓް ދޫކުރުން
  • ދުވަސް: 06 އަދި 07 ޖޫން 2024
  • ގަޑި: 8:00 އިން 10:00 ރޭގަނޑު
  • ތަން: ޤިބްލަ އޮފީސް، މ. ކުރަނގި، މާލެ، ދިވެހިރާއްޖެ
4 ) ތަމްރީން ޕްރޮގްރާމް
  • ދުވަސް: 05 ޖުލައި 2024 
  • ގަޑި: 08:15 ރޭގަނޑު
  • ތަން: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ބިޒިނަސް ސްކޫލް އޮޑިޓޯރިއަމް، ސޯސަންމަގު
5 ) ފޮށި ހަވާލުކުރުން
  • ފޮށި ހަވާލު ކުރަންވީ ތަން: ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން
  • ދުވަސް: 07 ޖުލައި 2024
  • ގަޑި: 12:30 މެންދުރު
  • ސަމާލުކަމަށް: ޕަވަރ ބޭންކް ނުވަތަ ބެޓަރި ފަދަތަކެތި ދޫކޮށްލާ ފޮށްޓަށް ނުލެވޭނެ ދިޔާތަކެތި، ތޫނު އެއްޗިހި ފަދަ ތަކެތި އަތްދަބަހަށް ނުލެވޭނެ ދޫކޮށްލާފޮށީގެ ތަޅުދަނޑިއެއް ފޮށްޓާއި އެކު ހަވާލުކުރަންވާނެ ބޭސް، ފައިސާ، ރަންރިހި ފަދަ މުހިއްމު އަދި އަގުބޮޑުތަކެތި ލާނީ އަތްދަބަހަށް.
6 ) މާލެއިން ފުރުން

ރާއްޖެއިން ސައުދީއަށް: (މިފްލައިޓްގައި ތިބޭނީ ޤިބްލަގެ 128 މީހުން)

  • މާލެއިން ފުރާ ތާރީޚް: 08 ޖުލައި 2024
  • ފުރާ ގަޑި: 15:25 މެންދުރު ފަހު
  • އެއާރޕޯޓްއަށް ދާންޖެހޭ ގަޑި: 12:00 މެންދުރު
  • ފްލައިޓް ރޫޓް: މާލެ/ޖިއްދާ
  • ފްލައިޓް ނަންބަރު: SV839
7 ) މައްކާއިން މަދީނާއަށް
  • ދުވަސް: 15 ޖުލައި 2024

ބަހުގައި ދާ ފަރާތްތައް

  • ހޮޓަލުން ފުރާ ގަޑި: ހެނދުނު 11:30
  • މިދަތުރަކީ 6 – 8 ގަޑިއިރުގެ ދަތުރެއް. ދަތުރު މަތީގައި ފާހަނަ ކުރުމަށާއި ނަމާދު ކުރުމަށް މަޑުކުރާނެ.
  • ސައުދީގެ އެތެރޭގެ ދަތުރުތަކުގައި ބަސްތަކަށް މީހުން ހަމަޖައްސާ ގޮތުގެ ލިސްޓް އާންމުކުރެވޭނެ

ރޭލުގައި ދާ ފަރާތްތައް

    • ހޮޓަލުން ފުރާ ގަޑި: މެންދުރުފަހު 13:30
    • ރޭލު ސްޓޭޝަނަށް ދިޔުމަށް ދަތުރުކުރާ ބަސްތަކަށް މީހުން ހަމަޖައްސާ ގޮތުގެ ލިސްޓް އާންމުކުރެވޭނެ.
8 ) މަދީނާ ޒިޔާރަތް ދަތުރާއި ރައުޟާ
  • އިންޝާﷲ، ރައުޟާއަށް ޒިޔާރަތް ކުރާނެ
  • މަދީނާގެ އާސާރީ މުހިންމު ތަންތަން ބަލާލުމާއި މައުލޫމާތު ދިނުން އޮންނާނެ.
  • ރައުޟާ ޒިޔާރަތް:
    • ދުވަސް: ފަހުން އިޢުލާންކުރެވޭނެ
    • ގަޑި: ފަހުން އިއުލާން ކުރެވޭނެ
  • މަދީނާ ޒިޔާރަތް:
    • ދުވަސް: 16 ޖުލައި 2024
    • ގަޑި: ހެނދުނު 07:30
  • ޒިޔާރަތްކުރާނެ ތަންތަން: ޤުބާ މިސްކިތް، އުހުދުގެ މައިދާން އަދި މީގެ އިތުރުން ބައެއް ތަންތަނަށް ޒިޔާރަތް ކުރާނެ. ހޮޓަލުން ދާނީ ވުޟޫ ކޮށްގެން.
9 ) މަދީނާ އިން މައްކާއަށް
  • ދުވަސް: 17 ޖުލައި 2024

ބަހުގައި ދާ ފަރާތްތައް

  • ހޮޓަލުން ފުރާ ގަޑި: މެންދުރުފަހު 14:00
  • މިދަތުރަކީ 6 – 8 ގަޑިއިރުގެ ދަތުރެއް. ދަތުރު މަތީގައި ފާހަނަ ކުރުމަށާއި ނަމާދު ކުރުމަށް މަޑުކުރާނެ.
  • ސައުދީގެ އެތެރޭގެ ދަތުރުތަކުގައި ބަސްތަކަށް މީހުން ހަމަޖައްސާ ގޮތުގެ ލިސްޓް އާންމުކުރެވޭނެ

ރޭލުގައި ދާ ފަރާތްތައް

    • ހޮޓަލުން ފުރާ ގަޑި: މެންދުރުފަހު 14:00
    • ރޭލު ސްޓޭޝަނަށް ދިޔުމަށް ދަތުރުކުރާ ބަސްތަކަށް މީހުން ހަމަޖައްސާ ގޮތުގެ ލިސްޓް އާންމުކުރެވޭނެ.
10 ) މައްކާ ޒިޔާރަތް ދަތުރު
  • ތާރީހް: 10 ޖުލައި 2024
  • ގަޑި: 7:30 ހެނދުނު
  • ޒިޔާރަތްކުރާނެ ހާއްސަ ތަންތަން: މިނާ، ޢަރަފަތް، ސައުރު ފަރުބަދަ، މުޒްދަލިފާ ފަދަ ތަންތަނަށް ޒިޔާރަތް ކުރެވޭނެ.
11 ) ޠާއިފު ދަތުރު 1
  • މި ދަތުރަކީ އޮޕްޝަނަލް ދަތުރެކެވެ. މިއީ އިތުރަށް ފައިސާ ދައްކައިގެން ކުރާ ދަތުރެކެވެ.
  • ޠާއިފު ދަތުރު 1 ގެ ތަފްސީލީ ސަފްހާ ބައްލަވާ!
  • މައްކާއިން ޠާއިފަށް ދެވޭނީ 1 ގަޑިއިރާ 30 މިނިޓުން. ޠާއިފުން މައްކާއަށް އެނބުރި ދާނީ މީޤާތުގައި މަޑުކުރުމަށްފަހު އިހްރާމް އަޅައިގެން 3 ވަނަ އުމްރާ ވުމަށް ތައްޔާރުވެގެން. ޢުމްރާގެ ނިޔަތް ކިޔުމަށް މީޤާތަށް މަޑުކުރާނެ. މި ޢުމްރާއަކީ ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުސަތެއް.
  • ތާރީހް: 12 ޖުލައި 2024
  • ގަޑި: 7:30 ހެނދުނު
  • އަގު: 150 ރިޔާލު (ފައިސާ ނަގާނީ ހޮޓަލުން.)
  • މިއީ 3 ވަނަ ޢުމްރާއެއް ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުސަތެއް.
12 ) ޖިއްދާ ދަތުރު
  • ޖިއްދާ ދަތުރުގެ ތަފްސީލީ ސަފްހާ ބައްލަވާ!
  • މައްކާއިން ޖިއްދާއަށް ދެވޭނީ ގާތްގަޑަކަށް 1 ގަޑިއިރުން
  • މިއީ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުސަތެއް. ޖިއްދާގެ ތަފާތު ޝޮޕިންގ މޯލްތަކަށް ދިއުން އޮންނާނެ.
  • ޖިއްދާ ދަތުރުގައި މިއުޒިއަމް އަކަށް ޒިޔާރަތްކުރާނެ.
  • ތާރީހް: 13 ޖުލައި 2024
  • ގަޑި: ފަހުން އިޢުލާންކުރެވޭނެ
  • އަގު: 150 ރިޔާލު (ފައިސާ ނަގާނީ ހޮޓަލުން.)
13 ) ޖިއްދާއިން މާލެ

-ސައުދީއިން ރާއްޖެއަށް-

  • ޖިއްދާއިން ފުރާ ތާރީޚް: 21 ޖުލައި 2024
  • ހޮޓަލުން އެއާޕޯޓްއަށް ފުރާ ގަޑި: 3:00 މެންދުރުފަހު
  • ޖިއްދާއިން ފުރާ ގަޑި: 23:00 ރޭގަނޑު
  • ރިޔާދަށް ފްލައިޓް ޖައްސާ ގަޑި: 00:50 ރޭގަނޑު
  • ފްލައިޓް ނަންބަރު: ޖިއްދާ/ރިޔާދު SV1050
  • ރިޔާދުން ފުރާ ގަޑި: ހެނދުނު 06:45 ގައި (22 ޖުލައި 2024)
  • މާލެއަށް ފްލައިޓް ޖައްސާ ގަޑި: 13:55 މެންދުރު (SV838) އެއީ 22 ޖުލައި 2024

ސަމާލުކަމަށް:

މުހިންމު ލިންކްތައް:

މިދަތުރުގައި ބައިވެރިވާނެ އޮފިޝަލުން

ހަރަމް އިން ހޮޓަލާއި ދެމެދު ދުރުމިން

މައްކާ ހޮޓާ

މަދީނާ ހޮޓާ

ނޯޓް:

  • މަތީގައިވާ ޝެޑިއުލްގައިވާ ގަޑިތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއް.
  • ތާއިފު އަދި ޖިއްދާ ދަތުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަށް އިދާރީ ނަންބަރަށް އަންގަވައިދެއްވަން ވާނެ.
ޢުމްރާ ކިޓް - ކޮންމެ ޢުމްރާއެއްގައިވެސް ލިބިވައިގަންނަވާނެ!

އިތުރު ދަތުރުތައް

މައްކާ ހޮޓާ

އިތުރު މައުޟޫމާތު ހޯއްދެވުމަށް ހޮޓްލައިންއަށް ގުޅުއްވާ!

ގުޅުއްވާ