fbpx

ޢުމްރާގެ ދަތުރާއި ގުޅޭ މައުލޫމާތު

ދަތުރުވަނީ ނިމިފަ

ފުރުމާއި އައުން:

– ރާއްޖެއިން ސައުދީއަށް: (މިފްލައިޓްގައި ތިބޭނީ ޤިބްލަގެ 100 މީހުން)

 • މާލެއިން ފުރާ ތާރީޚް: 04 ޑިސެމްބަރ 2023
 • ފުރާ ގަޑި: 15:25 މެންދުރު ފަހު
 • އެއާރޕޯޓްއަށް ދާންޖެހޭ ގަޑި: 12:00 މެންދުރު
 • ފްލައިޓް ރޫޓް: މާލެ/ޖިއްދާ
 • ފްލައިޓް ނަންބަރު: މާލެ/ރިޔާދު SV839
 • ޖިއްޖާއަށް ފްލައިޓް ޖައްސާ ގަޑި: 19:15 ރޭގަނޑު (ސައުދީ ގަޑިން)

——————————————————-

-ސައުދީއިން ރާއްޖެއަށް-

 • ހޮޓަލުން އެއާޕޯޓްއަށް ފުރުން: ގަޑިއިއުލާން ކުރެވޭނެ، 17 ޑިސެމްބަރ 2023،
 • ޖިއްދާއިން ފުރާ ތާރީޚް: 18 ޑިސެމްބަރ 2023
 • ޖިއްދާއިން ފުރާ ގަޑި: 06:15 ހެނދުނު، 18 ޑިސެމްބަރ 2023
 • ފްލައިޓް ރޫޓް: ޖިއްދާ/މާލެ
 • ފްލައިޓް ނަންބަރު: SV838 (ޖިއްދާއިން މާލެ ފްލައިޓް)
 • މާލެއަށް ފްލައިޓް ޖައްސާ ގަޑި: 18 ޑިސެމްބަރ 2023، 14:00 މެންދުރު
1 ) ޢުމްރާ ވެކްސިންގ ޖެހުން
 • ޢުމްރާއަށް ދަތުރު ކުރާއިރު ވެކްސިންތައް ފުރިހަމަ ކުރަން ޖެހޭނެއެވެ. އެ ވެކްސިން ތަކަކީ ޕޯލިއޯ، މެނިންގޖައިޓިސް އަދި އިންފުލުއެންޒާއެވެ.
 • މާލެއިން ވެކްސިންގ ޖެހޭނީ ދަމަނަވެށި (މަޖީދީމަގު، ތެލެސީމިއާ ސެންޓަރާއި އިންވެގެން)
 • ހުޅުމާލެއިން ނަމަ ހުޅުމާލެ ހޮސްޕިޓަލުން ޖެހޭނެ.
 • ރަށް ރަށުންނަމަ ރީޖަނަލް ހޮސްޕިޓަލް ތަކުން ވެކްސިންގ ޖެހޭނެ. (ބައެއް ހެލްތް ސެންޓަރުތަކުން ރިކުއެސްޓް ކުރުމުން ގެނެސްދޭ)
 • ވެކްސިންގް ޖަހަން ވަޑައިގަންނަވާއިރު ޕާސްޕޯޓް ކޮޕީ ގެންދަވަންވާނެ.
 • ފުރުމުގެ 1 މަސް ދުވަސް ކުރިން ވެކްސިންގ ޖައްސަވާ.
 • ވެކްސިންގ ޖެހުމަށް ޚަރަދުވާނީ 450 – 500 ރުފިޔާ.
 • ދަމަވެއްޓަށް ފައިސާ ދެއްކޭނީ ބަނޑޭރި ޕޯޓަލް ނުވަތަ ނަގުދު ފައިސާއިން.
2 ) ޑޮލަރު ގަތުން
 • ޢުމްރާއަށް ފުރާވަޑައިގަންނަވާ ކަސްޓަމަރުންނަށް ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރ 2023 އިން ފެށިގެން ފުރާ ދުވަހުގެ ނިޔަލަށް.

 • ޢުމްރާވެރިންނަށް ޑޮލަރު ގަންނަން ލިބޭނީ ބީއެމްއެލް މެއިން ބްރާންޗުންނާއި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުންނެވެ.

 • ޑޮލަރު ބައްލަވައިގަތުމަށް، ރަސްމީ ގަޑީގައި "ކިޔުބީ އެޕް" މެދުވެރިކޮށް އޮންލައިން ޓޯކަންއެއް ނަންގަވަންވާނެއެވެ. އަދި ޓޯކަންއާއެކު ކަސްޓަމަރު ބްރާންޗަށް ވަޑައިގަންނަވަންވީ ބެންކް ހުޅުވިފައި ހުންނަ ދުވަސް ތަކުގެ 8:30 އިން 12:00 އަށް.

 • ބްރާންޗަށް ވަޑައިގެންނެވުމުގެ ކުރިން ކަސްޓަމަރުން ސަމާލުކަންދެއްވަންވީ ކަންތައްތައް:

 • ކޮންމެ އޮންލައިން ޓޯކަންއަކަށް ދޫކުރެވޭނީ އެއް ކަސްޓަމަރެއްގެ ޑޮލަރު (ކަސްޓަމަރަކަށް 500 ޑޮލަރު)

 • އިތުރު ކަސްޓަމަރުންނަށް ޑޮލަރު ބައްލަވައިގަންނަން ބޭނުންފުޅުވާނަމަ އިތުރު ޓޯކަންއެއް ނަންގަވަންވާނެ

 • ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ ޕާސްޕޯޓް
 • މިއީ އާންމުކޮށް ޢުމްރާވެރިންނަށް ބެންކް މެދިވެރިކޮށް ޑޮލަރު ވިއްކާ އުސޫލެވެ. މިއުސޫލަށް ބަދަލު އަތުވެއްޖެނަމަ ޢުމްރާވެރިންނަށް ޤިބްލައިން އަންގާނެއެވެ.
3 ) ކިޓް ދޫކުރުން
 • ދުވަސް: އިއުލާން ކުރެވޭނެ
 • ގަޑި: 8:30 އިން 10:00 ރޭގަނޑު
 • ތަން: ޤިބްލަ އޮފީސް، މ. ކުރަނގި، މާލެ، ދިވެހިރާއްޖެ
4 ) ތަމްރީން ޕްރޮގްރާމް
 • ދުވަސް: 01 ޑިސެމްބަރ 2023 (ހުކުރު ދުވަސް)
 • ގަޑި: 8:00 ރޭގަނޑު
 • ތަން: ބިޒްނަސް ސްކޫލް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ސޯސަންމަގު
5 ) ފޮށި ހަވާލުކުރުން
 • ފޮށި ހަވާލު ކުރަންވީ ތަން: ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން
 • ދުވަސް: 03 ޑިސެމްބަރ 2023
 • ގަޑި: 12:30 މެންދުރު
 • ސަމާލުކަމަށް: ޕަވަރ ބޭންކް ނުވަތަ ބެޓަރި ފަދަތަކެތި ދޫކޮށްލާ ފޮށްޓަށް ނުލެވޭނެ ދިޔާތަކެތި، ތޫނު އެއްޗިހި ފަދަ ތަކެތި އަތްދަބަހަށް ނުލެވޭނެ ދޫކޮށްލާފޮށީގެ ތަޅުދަނޑިއެއް ފޮށްޓާއި އެކު ހަވާލުކުރަންވާނެ ބޭސް، ފައިސާ، ރަންރިހި ފަދަ މުހިއްމު އަދި އަގުބޮޑުތަކެތި ލާނީ އަތްދަބަހަށް.
6 ) މާލެއިން ފުރުން

– ރާއްޖެއިން ސައުދީއަށް: (މިފްލައިޓްގައި ތިބޭނީ ޤިބްލަގެ 100 މީހުން)

 • މާލެއިން ފުރާ ތާރީޚް: 04 ޑިސެމްބަރ 2023
 • ފުރާ ގަޑި: 15:25 މެންދުރު ފަހު
 • އެއާރޕޯޓްއަށް ދާންޖެހޭ ގަޑި: 12:00 މެންދުރު
 • ފްލައިޓް ރޫޓް: މާލެ/ޖިއްދާ
 • ފްލައިޓް ނަންބަރު: މާލެ/ރިޔާދު SV839
 • ޖިއްޖާއަށް ފްލައިޓް ޖައްސާ ގަޑި: 19:15 ރޭގަނޑު (ސައުދީ ގަޑިން)
7 ) މައްކާ ޒިޔާރަތް ދަތުރު
 • ތާރީހް: 06 ޑިސެމްބަރު 2023
 • ގަޑި: 7:30 ހެނދުނު
 • ޒިޔާރަތްކުރާނެ ހާއްސަ ތަންތަން: މިނާ، ޢަރަފަތް، ސައުރު ފަރުބަދަ، މުޒްދަލިފާ ފަދަ ތަންތަނަށް ޒިޔާރަތް ކުރެވޭނެ.
8 ) ޠާއިފު ދަތުރު 1
 • މި ދަތުރަކީ އޮޕްޝަނަލް ދަތުރެކެވެ. މިއީ އިތުރަށް ފައިސާ ދައްކައިގެން ކުރާ ދަތުރެކެވެ.
 • ޠާއިފު ދަތުރު 1 ގެ ތަފްސީލީ ސަފްހާ ބައްލަވާ!
 • މައްކާއިން ޠާއިފަށް ދެވޭނީ 1 ގަޑިއިރާ 30 މިނިޓުން. ޠާއިފުން މައްކާއަށް އެނބުރި ދާނީ މީޤާތުގައި މަޑުކުރުމަށްފަހު އިހްރާމް އަޅައިގެން 3 ވަނަ އުމްރާ ވުމަށް ތައްޔާރުވެގެން. ޢުމްރާގެ ނިޔަތް ކިޔުމަށް މީޤާތަށް މަޑުކުރާނެ. މި ޢުމްރާއަކީ ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުސަތެއް.
 • ތާރީހް: 07 ޑިސެމްބަރ 2023
 • ގަޑި: 7:30 ހެނދުނު
 • އަގު: 150 ރިޔާލު (ފައިސާ ނަގާނީ ހޮޓަލުން.)
 • މިއީ 3 ވަނަ ޢުމްރާއެއް ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުސަތެއް.
9 ) މައްކާއިން މަދީނާއަށް
 • ދުވަސް: 09 ޑިސެމްބަރ 2023
 • ހޮޓަލުން ފުރާ ގަޑި: (ފަހުން އިއުލާން ކުރެވޭނެ)
 • މިދަތުރަކީ 6 – 8 ގަޑިއިރުގެ ދަތުރެއް. ދަތުރު މަތީގައި ފާހަނަ ކުރުމަށާއި ނަމާދު ކުރުމަށް މަޑުކުރާނެ.
 • ސައުދީގެ އެތެރޭގެ ދަތުރުތަކުގައި ބަސްތަކަށް މީހުން ހަމަޖައްސާ ގޮތުގެ ލިސްޓް އާންމުކުރެވޭނެ.
10 ) މަދީނާ ޒިޔާރަތް ދަތުރާއި ރައުޟާ
 • އިންޝާﷲ، ރައުޟާއަށް ޒިޔާރަތް ކުރާނެ
 • މަދީނާގެ އާސާރީ މުހިންމު ތަންތަން ބަލާލުމާއި މައުޟޫމާތު ދިނުން އޮންނާނެ.
 • ރައުޟާ ޒިޔާރަތް:
  • ދުވަސް: 09 ޑިސެމްބަރު 2023
  • ގަޑި: ފަހުން އިއުލާން ކުރެވޭނެ
 • މަދީނާ ޒިޔާރަތް:
  • ދުވަސް: 10 ޑިސެމްބަރ 2023
  • ގަޑި: ހެނދުނު
 • ޒިޔާރަތްކުރާނެ ތަންތަން: ޤުބާ މިސްކިތް، އުހުދުގެ މައިދާން އަދި މީގެ އިތުރުން ބައެއް ތަންތަނަށް ޒިޔާރަތް ކުރާނެ. ހޮޓަލުން ދާނީ ވުޟޫ ކޮށްގެން.
11 ) މަދީނާ އިން މައްކާއަށް
 • މިދަތުރަކީ 6 – 8 ގަޑިއިރުގެ ދަތުރެއް. ދަތުރު މަތީގައި ފާހަނަ ކުރުމަށާއި ނަމާދު ކުރުމަށް މަޑުކުރާނެ.
 • މަދީނާއިން މައްކާއަށް އެނބުރި ދާނީ ހޮޓަލުން އިހްރާމް އަޅައިގެން 2 ވަނަ ޢުމްރާ ވުމަށް ތައްޔާރުވެގެން. ޢުމްރާގެ ނިޔަތް ކިޔުމަށް މީޤާތަށް މަޑުކުރާނެ. މައްކާއަށް ގޮސް ހޮޓަލަށް ދިއުމަށްފަހު ހަރަމްއަށް ޢުމްރާކުރަން ދާނެ ގަޑި އިއުލާން ކުރެވޭނެ.
 • މަދީނާ އިން މައްކާއަށް:
  • ދުވަސް: 11 ޑިސެމްބަރ 2023
  • ގަޑި: 2:00 މެންދުރު
12 ) ޖިއްދާ ދަތުރު
 • ޖިއްދާ ދަތުރުގެ ތަފްސީލީ ސަފްހާ ބައްލަވާ!
 • މައްކާއިން ޖިއްދާއަށް ދެވޭނީ ގާތްގަޑަކަށް 1 ގަޑިއިރުން
 • މިއީ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުސަތެއް. ޖިއްދާގެ ތަފާތު ޝޮޕިންގ މޯލްތަކަށް ދިއުން އޮންނާނެ.
 • ޖިއްދާ ދަތުރުގައި މިއުޒިއަމް އަކަށް ޒިޔާރަތްކުރާނެ.
 • ތާރީހް: 13 ޑިސެމްބަރ 2023
 • ގަޑި: ފަހުން އިއުލާން ކުރެވޭނެ
 • އަގު: 150 ރިޔާލު (ފައިސާ ނަގާނީ ހޮޓަލުން.)
13 ) ޖިއްދާއިން މާލެ

-ސައުދީއިން ރާއްޖެއަށް-

 • ހޮޓަލުން އެއާޕޯޓްއަށް ފުރުން: ގަޑިއިއުލާން ކުރެވޭނެ، 17 ޑިސެމްބަރ 2023،
 • ޖިއްދާއިން ފުރާ ތާރީޚް: 18 ޑިސެމްބަރ 2023
 • ޖިއްދާއިން ފުރާ ގަޑި: 06:15 ހެނދުނު، 18 ޑިސެމްބަރ 2023
 • ފްލައިޓް ރޫޓް: ޖިއްދާ/މާލެ
 • ފްލައިޓް ނަންބަރު: SV838 (ޖިއްދާއިން މާލެ ފްލައިޓް)
 • މާލެއަށް ފްލައިޓް ޖައްސާ ގަޑި: 18 ޑިސެމްބަރ 2023، 14:00 މެންދުރު

ސަމާލުކަމަށް:

މުހިންމު ލިންކްތައް:

މިދަތުރުގައި ބައިވެރިވާނެ އޮފިޝަލުން

ހަރަމް އިން ހޮޓަލާއި ދެމެދު ދުރުމިން

މައްކާ ހޮޓާ

މަދީނާ ހޮޓާ

ނޯޓް:

 • މަތީގައިވާ ޝެޑިއުލްގައިވާ ގަޑިތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއް.
 • ތާއިފު އަދި ޖިއްދާ ދަތުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަށް އިދާރީ ނަންބަރަށް އަންގަވައިދެއްވަން ވާނެ.
ޢުމްރާ ކިޓް - ކޮންމެ ޢުމްރާއެއްގައިވެސް ލިބިވައިގަންނަވާނެ!

އިތުރު ދަތުރުތައް

މައްކާ ހޮޓާ

އިތުރު މައުޟޫމާތު ހޯއްދެވުމަށް ހޮޓްލައިންއަށް ގުޅުއްވާ!

Call Now Buttonގުޅުއްވާ