fbpx

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ޤިބްލަ ޙައްޖު އެންޑް ޢުމްރާއަށް ދީފި

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ޤިބްލަ ޙައްޖު އެންޑް ޢުމްރާއަށް ދީފި އެވެ. ޤިބްލަ ޙައްޖު އެންޑް ޢުމްރާގެ އިތުރުން މިއަހަރު ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ 25 ކުންފުންޏަކަށް ދީފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މީގެކުރިން ހުއްދަ ދޫކުރަމުން އައިސްފައިވަނީ އެއް އަހަރުގެ މުއްދަތަށް ނަމަވެސް ހުއްދަދޭ މުއްދަތަށް ގެނައި އިސްލާހަކާ ގުޅިގެން މިފަހަރު ކުންފުނިތަކަށް ހުއްދަ ދީފައިވަނީ ދެއަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އުމްރާއަށް ގެންދިއުމަށް ކުންފުނިތަކަށް ބިޑް އުސޫލުން ހުއްދަ ދޫކޮށްފައިވާއިރު ހުއްދަ ދިނުމުގެ އުސޫލު މިގޮތަށް ގެންގުޅެނީ ކުންފުނިތަކުގެ ސައްޙަކަން ބަލައި، މި ޚިދުމަތް ދެފުށްފެންނަ ގޮތަކަށް ދިނުމާއި، ފެންވަރު ރަނގަޅު ޚިދުމަތެއްގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށްވެސް އިސްލާމިކް މިނސިްޓްރީން ބުންޏެވެ.

އުމްރާއަށް މީހުން ގެންދެވެނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ. ދިވެހިރާއްޖެއިން އުމްރާއަށްދާ މީހުން ގެންދިއުމުގެ ގާނޫނު ބުނާގޮތުން، އުމްރާއަށް މީހުން ގެންދެވޭނީ 100 އިންސައްތަ ދިވެހި ކުންފުނިތަކަށެވެ. އަދި ހުއްދަ ދޭއިރު ކުންފުނިތަކާއި، ކުންފުނީގެ އިސްވެރިންގެ ޚިޔާނާތުގެ މައްސަލައެއް އޮތްތޯ ބެލުމަކީވެސް، ހުއްދަ ދިނުމުގައި އިސްކަމެއް ދީގެން ބަލާ ކަންކަން ކަމުގައި އެމިނިސްޓްރީއިން ހާމަކުރެއެވެ.

އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި އިސްލާމިކް އެފެއާޒް މިނިސްޓްރީއަށް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހުއްދަ ދިން 25 ކުންފުނީގެ ތެރޭގައި ހައްޖު ކޯޕަރޭޝަން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

Call Now Buttonގުޅުއްވާ