fbpx

ޢުމްރާގެ ދަތުރާއި ގުޅޭ މައުލޫމާތު

ފުރަން6ދުވަސް

ފުރުމާއި އައުން:

– ރާއްޖެއިން ސައުދީއަށް: (މި ފްލައިޓްގައި ތިބޭނީ ޤިބްލަގެ 200 މީހުން)

  • މާލެއިން ފުރާ ތާރީޚް: 15 ޑިސެމްބަރ 2023
  • ފުރާ ގަޑި: 15:25 މެންދުރު ފަހު
  • އެއާރޕޯޓްއަށް ދާންޖެހޭ ގަޑި: 12:00 މެންދުރު
  • ފްލައިޓް ރޫޓް: މާލެ/ޖިއްދާ
  • ފްލައިޓް ނަންބަރު: SV839
  • ޖިއްޖާއަށް ފްލައިޓް ޖައްސާ ގަޑި: 19:15 ރޭގަނޑު (ސައުދީ ގަޑިން)

——————————————————-

-ސައުދީއިން ރާއްޖެއަށް-

  • ހޮޓަލުން އެއާޕޯޓްއަށް ފުރުން: ގަޑިއިއުލާން ކުރެވޭނެ، 28 ޑިސެމްބަރ 2023،
  • ޖިއްދާއިން ފުރާ ތާރީޚް: 29 ޑިސެމްބަރ 2023
  • ޖިއްދާއިން ފުރާ ގަޑި: 6:15 ހެނދުނު، 29 ޑިސެމްބަރ 2023
  • ފްލައިޓް ރޫޓް: ޖިއްދާ/މާލެ
  • ފްލައިޓް ނަންބަރު: SV838 (ޖިއްދާއިން މާލެ ފްލައިޓް)
  • މާލެއަށް ފްލައިޓް ޖައްސާ ގަޑި: 29 ޑިސެމްބަރ 2023، 14:00 މެންދުރު
1 ) ޢުމްރާ ވެކްސިންގ ޖެހުން
  • ޢުމްރާއަށް ދަތުރު ކުރާއިރު ވެކްސިންތައް ފުރިހަމަ ކުރަން ޖެހޭނެއެވެ. އެ ވެކްސިން ތަކަކީ ޕޯލިއޯ، މެނިންގޖައިޓިސް އަދި އިންފުލުއެންޒާއެވެ.
  • މާލެއިން ވެކްސިންގ ޖެހޭނީ ދަމަނަވެށި (މަޖީދީމަގު، ތެލެސީމިއާ ސެންޓަރާއި އިންވެގެން)
  • ހުޅުމާލެއިން ނަމަ ހުޅުމާލެ ހޮސްޕިޓަލުން ޖެހޭނެ.
  • ރަށް ރަށުންނަމަ ރީޖަނަލް ހޮސްޕިޓަލް ތަކުން ވެކްސިންގ ޖެހޭނެ. (ބައެއް ހެލްތް ސެންޓަރުތަކުން ރިކުއެސްޓް ކުރުމުން ގެނެސްދޭ)
  • ވެކްސިންގް ޖަހަން ވަޑައިގަންނަވާއިރު ޕާސްޕޯޓް ކޮޕީ ގެންދަވަންވާނެ.
  • ފުރުމުގެ 1 މަސް ދުވަސް ކުރިން ވެކްސިންގ ޖައްސަވާ.
  • ވެކްސިންގ ޖެހުމަށް ޚަރަދުވާނީ 450 – 500 ރުފިޔާ.
  • ދަމަވެއްޓަށް ފައިސާ ދެއްކޭނީ ބަނޑޭރި ޕޯޓަލް ނުވަތަ ނަގުދު ފައިސާއިން.
2 ) ޑޮލަރު ގަތުން
  • ޢުމްރާއަށް ފުރާވަޑައިގަންނަވާ ކަސްޓަމަރުންނަށް ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވަނީ 03 ޑިސެމްބަރ 2023 އިން ފެށިގެން ފުރާ ދުވަހުގެ ނިޔަލަށް.

  • ޢުމްރާވެރިންނަށް ޑޮލަރު ގަންނަން ލިބޭނީ ބީއެމްއެލް މެއިން ބްރާންޗުންނާއި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުންނެވެ.

  • ޑޮލަރު ބައްލަވައިގަތުމަށް، ރަސްމީ ގަޑީގައި "ކިޔުބީ އެޕް" މެދުވެރިކޮށް އޮންލައިން ޓޯކަންއެއް ނަންގަވަންވާނެއެވެ. އަދި ޓޯކަންއާއެކު ކަސްޓަމަރު ބްރާންޗަށް ވަޑައިގަންނަވަންވީ ބެންކް ހުޅުވިފައި ހުންނަ ދުވަސް ތަކުގެ 8:30 އިން 12:00 އަށް.

  • ބްރާންޗަށް ވަޑައިގެންނެވުމުގެ ކުރިން ކަސްޓަމަރުން ސަމާލުކަންދެއްވަންވީ ކަންތައްތައް:

  • ކޮންމެ އޮންލައިން ޓޯކަންއަކަށް ދޫކުރެވޭނީ އެއް ކަސްޓަމަރެއްގެ ޑޮލަރު (ކަސްޓަމަރަކަށް 500 ޑޮލަރު)

  • އިތުރު ކަސްޓަމަރުންނަށް ޑޮލަރު ބައްލަވައިގަންނަން ބޭނުންފުޅުވާނަމަ އިތުރު ޓޯކަންއެއް ނަންގަވަންވާނެ

  • ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ ޕާސްޕޯޓް
  • މިއީ އާންމުކޮށް ޢުމްރާވެރިންނަށް ބެންކް މެދިވެރިކޮށް ޑޮލަރު ވިއްކާ އުސޫލެވެ. މިއުސޫލަށް ބަދަލު އަތުވެއްޖެނަމަ ޢުމްރާވެރިންނަށް ޤިބްލައިން އަންގާނެއެވެ.
3 ) ކިޓް ދޫކުރުން
  • ދުވަސް: އިއުލާން ކުރެވޭނެ
  • ގަޑި: 8:30 އިން 10:00 ރޭގަނޑު
  • ތަން: ޤިބްލަ އޮފީސް، މ. ކުރަނގި، މާލެ، ދިވެހިރާއްޖެ
4 ) ތަމްރީން ޕްރޮގްރާމް
  • ދުވަސް: 12 ޑިސެމްބަރ 2023 
  • ގަޑި: 8:00 ރޭގަނޑު
  • ތަން: ބިޒްނަސް ސްކޫލް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ސޯސަންމަގު
5 ) ފޮށި ހަވާލުކުރުން
  • ފޮށި ހަވާލު ކުރަންވީ ތަން: ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން
  • ދުވަސް: 14 ޑިސެމްބަރ 2023
  • ގަޑި: 12:30 މެންދުރު
  • ސަމާލުކަމަށް: ޕަވަރ ބޭންކް ނުވަތަ ބެޓަރި ފަދަތަކެތި ދޫކޮށްލާ ފޮށްޓަށް ނުލެވޭނެ ދިޔާތަކެތި، ތޫނު އެއްޗިހި ފަދަ ތަކެތި އަތްދަބަހަށް ނުލެވޭނެ ދޫކޮށްލާފޮށީގެ ތަޅުދަނޑިއެއް ފޮށްޓާއި އެކު ހަވާލުކުރަންވާނެ ބޭސް، ފައިސާ، ރަންރިހި ފަދަ މުހިއްމު އަދި އަގުބޮޑުތަކެތި ލާނީ އަތްދަބަހަށް.
6 ) މާލެއިން ފުރުން

ރާއްޖެއިން ސައުދީއަށް: (މިފްލައިޓްގައި ތިބޭނީ ޤިބްލަގެ 200 މީހުން)

  • މާލެއިން ފުރާ ތާރީޚް: 15 ޑިސެމްބަރ 2023
  • ފުރާ ގަޑި: 15:25 މެންދުރު ފަހު
  • އެއާރޕޯޓްއަށް ދާންޖެހޭ ގަޑި: 12:00 މެންދުރު
  • ފްލައިޓް ރޫޓް: މާލެ/ޖިއްދާ
  • ފްލައިޓް ނަންބަރު: SV839
  • ޖިއްޖާއަށް ފްލައިޓް ޖައްސާ ގަޑި: 19:15 ރޭގަނޑު (ސައުދީ ގަޑިން)
7 ) މައްކާއިން މަދީނާއަށް
  • ދުވަސް: 18 ޑިސެމްބަރ 2023
  • ހޮޓަލުން ފުރާ ގަޑި: (ފަހުން އިއުލާން ކުރެވޭނެ)
  • މިދަތުރަކީ 6 – 8 ގަޑިއިރުގެ ދަތުރެއް. ދަތުރު މަތީގައި ފާހަނަ ކުރުމަށާއި ނަމާދު ކުރުމަށް މަޑުކުރާނެ.
  • ސައުދީގެ އެތެރޭގެ ދަތުރުތަކުގައި ބަސްތަކަށް މީހުން ހަމަޖައްސާ ގޮތުގެ ލިސްޓް އާންމުކުރެވޭނެ.
8 ) މަދީނާ ޒިޔާރަތް ދަތުރާއި ރައުޟާ
  • އިންޝާﷲ، ރައުޟާއަށް ޒިޔާރަތް ކުރާނެ
  • މަދީނާގެ އާސާރީ މުހިންމު ތަންތަން ބަލާލުމާއި މައުޟޫމާތު ދިނުން އޮންނާނެ.
  • ރައުޟާ ޒިޔާރަތް:
    • ދުވަސް: 18 ޑިސެމްބަރު 2023
    • ގަޑި: ފަހުން އިއުލާން ކުރެވޭނެ
  • މަދީނާ ޒިޔާރަތް:
    • ދުވަސް: 19 ޑިސެމްބަރ 2023
    • ގަޑި: ހެނދުނު
  • ޒިޔާރަތްކުރާނެ ތަންތަން: ޤުބާ މިސްކިތް، އުހުދުގެ މައިދާން އަދި މީގެ އިތުރުން ބައެއް ތަންތަނަށް ޒިޔާރަތް ކުރާނެ. ހޮޓަލުން ދާނީ ވުޟޫ ކޮށްގެން.
9 ) މަދީނާ އިން މައްކާއަށް
  • މިދަތުރަކީ 6 – 8 ގަޑިއިރުގެ ދަތުރެއް. ދަތުރު މަތީގައި ފާހަނަ ކުރުމަށާއި ނަމާދު ކުރުމަށް މަޑުކުރާނެ.
  • މަދީނާއިން މައްކާއަށް އެނބުރި ދާނީ ހޮޓަލުން އިހްރާމް އަޅައިގެން 2 ވަނަ ޢުމްރާ ވުމަށް ތައްޔާރުވެގެން. ޢުމްރާގެ ނިޔަތް ކިޔުމަށް މީޤާތަށް މަޑުކުރާނެ. މައްކާއަށް ގޮސް ހޮޓަލަށް ދިއުމަށްފަހު ހަރަމްއަށް ޢުމްރާކުރަން ދާނެ ގަޑި އިއުލާން ކުރެވޭނެ.
  • މަދީނާ އިން މައްކާއަށް:
    • ދުވަސް: 20 ޑިސެމްބަރ 2023
    • ގަޑި: 2:00 މެންދުރު
10 ) މައްކާ ޒިޔާރަތް ދަތުރު
  • ތާރީހް: 22 ޑިސެމްބަރު 2023
  • ގަޑި: 7:30 ހެނދުނު
  • ޒިޔާރަތްކުރާނެ ހާއްސަ ތަންތަން: މިނާ، ޢަރަފަތް، ސައުރު ފަރުބަދަ، މުޒްދަލިފާ ފަދަ ތަންތަނަށް ޒިޔާރަތް ކުރެވޭނެ.
11 ) ޠާއިފު ދަތުރު 1
  • މި ދަތުރަކީ އޮޕްޝަނަލް ދަތުރެކެވެ. މިއީ އިތުރަށް ފައިސާ ދައްކައިގެން ކުރާ ދަތުރެކެވެ.
  • ޠާއިފު ދަތުރު 1 ގެ ތަފްސީލީ ސަފްހާ ބައްލަވާ!
  • މައްކާއިން ޠާއިފަށް ދެވޭނީ 1 ގަޑިއިރާ 30 މިނިޓުން. ޠާއިފުން މައްކާއަށް އެނބުރި ދާނީ މީޤާތުގައި މަޑުކުރުމަށްފަހު އިހްރާމް އަޅައިގެން 3 ވަނަ އުމްރާ ވުމަށް ތައްޔާރުވެގެން. ޢުމްރާގެ ނިޔަތް ކިޔުމަށް މީޤާތަށް މަޑުކުރާނެ. މި ޢުމްރާއަކީ ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުސަތެއް.
  • ތާރީހް: ފަހުން އިޢުލާންކުރެވޭނެ
  • ގަޑި: 7:30 ހެނދުނު
  • އަގު: 150 ރިޔާލު (ފައިސާ ނަގާނީ ހޮޓަލުން.)
  • މިއީ 3 ވަނަ ޢުމްރާއެއް ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުސަތެއް.
12 ) ޖިއްދާ ދަތުރު
  • ޖިއްދާ ދަތުރުގެ ތަފްސީލީ ސަފްހާ ބައްލަވާ!
  • މައްކާއިން ޖިއްދާއަށް ދެވޭނީ ގާތްގަޑަކަށް 1 ގަޑިއިރުން
  • މިއީ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުސަތެއް. ޖިއްދާގެ ތަފާތު ޝޮޕިންގ މޯލްތަކަށް ދިއުން އޮންނާނެ.
  • ޖިއްދާ ދަތުރުގައި މިއުޒިއަމް އަކަށް ޒިޔާރަތްކުރާނެ.
  • ތާރީހް: 23 ޑިސެމްބަރ 2023
  • ގަޑި: ފަހުން އިއުލާން ކުރެވޭނެ
  • އަގު: 150 ރިޔާލު (ފައިސާ ނަގާނީ ހޮޓަލުން.)
13 ) ޖިއްދާއިން މާލެ

-ސައުދީއިން ރާއްޖެއަށް-

  • ހޮޓަލުން އެއާޕޯޓްއަށް ފުރުން: ގަޑިއިއުލާން ކުރެވޭނެ، 28 ޑިސެމްބަރ 2023،
  • ޖިއްދާއިން ފުރާ ތާރީޚް: 29 ޑިސެމްބަރ 2023
  • ޖިއްދާއިން ފުރާ ގަޑި: 6:15 ހެނދުނު، 29 ޑިސެމްބަރ 2023
  • ފްލައިޓް ރޫޓް: ޖިއްދާ/މާލެ
  • ފްލައިޓް ނަންބަރު: SV838 (ޖިއްދާއިން މާލެ ފްލައިޓް)
  • މާލެއަށް ފްލައިޓް ޖައްސާ ގަޑި: 29 ޑިސެމްބަރ 2023، 14:00 މެންދުރު

ސަމާލުކަމަށް:

މުހިންމު ލިންކްތައް:

މިދަތުރުގައި ބައިވެރިވާނެ އޮފިޝަލުން

ހަރަމް އިން ހޮޓަލާއި ދެމެދު ދުރުމިން

މައްކާ ހޮޓާ

މަދީނާ ހޮޓާ

ނޯޓް:

  • މަތީގައިވާ ޝެޑިއުލްގައިވާ ގަޑިތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއް.
  • ތާއިފު އަދި ޖިއްދާ ދަތުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަށް އިދާރީ ނަންބަރަށް އަންގަވައިދެއްވަން ވާނެ.
ޢުމްރާ ކިޓް - ކޮންމެ ޢުމްރާއެއްގައިވެސް ލިބިވައިގަންނަވާނެ!

އިތުރު ދަތުރުތައް

މައްކާ ހޮޓާ

އިތުރު މައުޟޫމާތު ހޯއްދެވުމަށް ހޮޓްލައިންއަށް ގުޅުއްވާ!

Call Now Buttonގުޅުއްވާ