1 ) ކޮވިޑް ވެކްސިންގ ޖެހުން
- ސިނޮފާރމް ވެކްސިންގ ފިޔަވާ އެހެން ވެކްސިން ޖަހާފައިވާ ފަރާތްތަށް 2 ޑޯޒް ފުރިހަމަކޮށްފައިވުން.
- ސިނަފޯމް ޖަހާފައިވާ ފަރާތްތަށް 2 ޑޯޒް ފުރިހަމަ ކުރުމާއި އެކު ބޫސްޓާރ ޖަހަންވާނެ.
- ކޮވިޑް ވެކްސިންގ ކާޑް 25 މާރޗް 2022 ގެ ކުރިން ފޮނުއްވަންވާނެ.
2 ) ޢުމްރާ ވެކްސިންގ ޖެހުން
- ޢުމްރާއަށް ދަތުރު ކުރާއިރު ޢުމްރާ ވިސާއަށް ބޭނުންވާ ހުރިހާ ވެކްސިންތައް ފުރިހަމަ ކުރަން ޖެހޭނެއެވެ. އެ ވެކްސިން ތަކަކީ ޕޯލިއޯ، މެނިންގޖައިޓިސް އަދި އިންފުލުއެންޒާ އެވެ.
3 ) ޑޮލަރު ގަތުން
-
ޢުމްރާއަށް ފުރާވަޑައިގަންނަވާ ކަސްޓަމަރުންނަށް ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވަނީ 20 ޖުލައި 2022 އިން ފެށިގެން، ބީއެމްއެލް މެއިން ބްރާންޗުންނާއި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުންނެވެ.
-
ޑޮލަރު ބައްލަވައިގަތުމަށް، ރަސްމީ ގަޑީގައި ކިޔުބީ އެޕް މެދުވެރިކޮށް އޮންލައިން ޓޯކަންއެއް ނަންގަވަންވާނެއެވެ. އަދި ޓޯކަންއާއެކު ކަސްޓަމަރު ބްރާންޗަށް ވަޑައިގަންނަވާނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ދެމެދު، ހެދުނު 9.30 އިން 11.30 އަށެވެ.
-
ބްރާންޗްތަކުން ދުވާލަކަށް ގިނަވެގެން ދޫކުރާނީ 75 ޓޯކަން ނަންބަރެވެ.
-
ބްރާންޗަށް ވަޑައިގެންނެވުމުގެ ކުރިން ކަސްޓަމަރުން ސަމާލުކަންދެއްވަންވީ ކަންތައްތައް:
-
ކޮންމެ އޮންލައިން ޓޯކަންއަކަށް ދޫކުރެވޭނީ އެއް ކަސްޓަމަރެއްގެ ޑޮލަރު (ކަސްޓަމަރަކަށް 500 ޑޮލަރު)
-
އިތުރު ކަސްޓަމަރުންނަށް ޑޮލަރު ބައްލަވައިގަންނަން ބޭނުންފުޅުވާނަމަ އިތުރު ޓޯކަންއެއް ނަންގަވަންވާނެ
-
ކަސްޓަމަރަކަށް ދޫކުރާނީ ގިނަވެގެން 5 ޓޯކަން.
- ވަޑައިގަންނަވާއިރު އައިޑީކާޑު ގެންދަވާ.
4 ) ތަމްރީން ޕްރޮގްރާމް
- ދުވަސް: 27 ޖުލައި 2022
- ގަޑި: 9:00 ރޭގަނޑު
- ތަން: މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގ، 8 ވަނަ ފްލޯރ، ބޮޑު ތަކުރުފާނު މަގު
5 ) ފޮށި ހަވާލުކުރުން
- ފޮށި ހަވާލު ކުރަންވީ ތަން: ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން
- ހަވާލު ކުރަންވީ ތާރީޚް: 03 އޮގަސްޓް 2022
- ފޮށި ހަވާލުކުރަންވީ ގަޑި: މެންދުރު 13:00
6 ) މާލެއިން ފުރުން
- މާލެއިން ފުރާ ތާރީޚް: 04 އޮގަސްޓް 2022
- ފުރާ ގަޑި: 11:45 ރޭގަނޑު
- އެއާރޕޯޓްއަށް ދާންޖެހޭ ގަޑި: 8:45 ރޭގަނޑު
- ފްލައިޓް: SV 789 – މާލެ/ރިޔާދު
- މިފްލައިޓް ރިޔާދުން ޖިއްދާއަށް ފުރާނީ: 6:00 ހެނދުނު
- ފްލައިޓް: SV 1019- ރިޔާދު/ޖިއްދާ
- ޖިއްޖާއަށް ފްލައިޓް ޖައްސާ ގަޑި: 7:45 ހެނދުނު
7 ) މައްކާއިން މަދީނާއަށް
- ތާރީހް: 08 އޮގަސްޓް 2022
- ގަޑި: 9:00 ހެނދުނު
- މިދަތުރަކީ 6 – 8 ގަޑިއިރުގެ ދަތުރެއް. ދަތުރު މަތީގައި ފާހަނަ ކުރުމަށާއި ނަމާދު ކުރުމަށް މަޑުކުރާނެ.
8 ) މަދީނާ ޒިޔާރަތް ދަތުރު
- ރައުޟާއަށް ޒިޔާރަތް ކުރުން: 08 އޮގަސްޓް 2022
- ގަޑި: ރޭގަނޑު (ގަޑި ފަހުން އިއުލާން ކުރެވޭނެ)
- މަދީނާ ޒިޔާރަތް ދަތުރު: 09 އޮގަސްޓް 2022
- ގަޑި: މެންދުރު ފަހު 3:00
- ޒިޔާރަތްކުރާނެ ތަންތަން: ޤުބާ މިސްކިތް، އުހުދުގެ މައިދާން އަދި މީގެ އިތުރުން ބައެއް ތަންތަނަށް ޒިޔާރަތް ކުރާނެ.
9 ) މަދީނާ އިން މައްކާއަށް
- މަދީނާއިން މައްކާއަށް ފުރާ ދުވަސް: 10 އޮގަސްޓް 2022 (ބުދަ ދުވަސް)
- ފުރާ ގަޑި: 3:00 މެންދުރުފަހު
- މިދަތުރަކީ 6 – 8 ގަޑިއިރުގެ ދަތުރެއް. ދަތުރު މަތީގައި ފާހަނަ ކުރުމަށާއި ނަމާދު ކުރުމަށް މަޑުކުރާނެ.
- މަދީނާއިން މައްކާއަށް އެނބުރި ދާނީ ހޮޓަލުން އިހްރާމް އަޅައިގެން 2 ޢުމްރާ ވުމަށް ތައްޔާރުވެގެން. ޢުމްރާގެ ނިޔަތް ކިޔުމަށް މީޤާތަށް މަޑުކުރާނެ. މައްކާއަށް ގޮސް ހޮޓަލަށް ދިއުމަށްފަހު ހަރަމްއަށް ޢުމްރާކުރަން ދާނެ ގަޑި އިއުލާން ކުރެވޭނެ.
10 ) މައްކާ ޒިޔާރަތް ދަތުރު
- ތާރީހް: 13 އޮގަސްޓް 2022
- ގަޑި: އިއުލާން ކުރެވޭނެ
- ޒިޔާރަތްކުރާނެ ހާއްސަ ތަންތަން: މިނާ، ޢަރަފަތް، ސައުރު ފަރުބަދަ، މުޒްދަލިފާ ފަދަ ތަންތަނަށް ޒިޔާރަތް ކުރެވޭނެ.
11 ) ޠާއިފު ދަތުރު
- މައްކާއިން ޠާއިފުއަށް ފުރާ ދުވަސް: (ފަހުން އިޢުލާން ކުރެވޭނެ)
- ފުރާ ގަޑި: 9:30 ހެނދުނު
- ޒިޔާރަތްކުރާނެ ތަންތަން: އާސާރީތަންތަނަށް ޒިޔާރަތްކުރެވޭނެ.
- މައްކާއިން ޠާއިފަށް ދެވޭނީ 1 ގަޑިއިރާ 30 މިނިޓުން. ޠާއިފުން މައްކާއަށް އެނބުރި ދާނީ މީޤާތުގައި މަޑުކުރުމަށްފަހު އިހްރާމް އަޅައިގެން 3 އުމްރާ ވުމަށް ތައްޔާރުވެގެން. ޢުމްރާގެ ނިޔަތް ކިޔުމަށް މީޤާތަށް މަޑުކުރާނެ. މި ޢުމްރާއަކީ ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުސަތެއް. (މިދަތުރުގެ އަގު އިއުލާން ކުރެވޭނެ،)
12 ) ޖިއްދާއިން މާލެ
- ސައުދީއިން މާލެ ފުރުން: 20 އޮގަސްޓް 2022 (19 އޮގަސްޓް 2022 ވަނަ ދުވަހުގެ ރޭ)
- ޖިއްދާއިން މާލެ ފުރުން: 02:35 ދަންވަރު
- ފްލައިޓް ތަފްސީލް: SV 786 – ޖިއްދާ/މާލެ (ޑައިރެކްޓް ފްލައިޓެއް)
- މާލެ ޖައްސާ ތާރީހާއި ގަޑި: 20 އޮގަސްޓް 2022 ގެ ހެނދުނު 10:15