fbpx

ރަޖިސްޓްރީ ކުރުން

ޑޮކިއުމަންޓް ހަމަކުރުން

ދަތުރަށް ތައްޔާރުވުން

ފަހުގެ މައުލޫމާތު

ޢުމްރާ އަށް ފުރުމުގެ ކުރިން

ކޮންމެ ޢުމްރާއަކަށް ފުރުމުގެ ކުރިން ނިންމަންޖެހޭ ކަންތައްތަކެއް ހުރެއެވެ. ވިސާ ޖެހުމަށް ނިންމަން ޖެހޭ ކަންކަމާއި ދަތުރުފަތުރު ކުރާއިރު ނިންމަން ޖެހޭ ކަންކަންވެސް ހުރެއެވެ. އެހެންކަމުން އެކަންކަން އެނގި އެކަންކަން ކުރިޔާލާ ނިންމާފައި ހުރުމަކީ އަޅުގަނޑުމެންނާއި ޢުމްރާވެރިންނަށް ފަސޭހަވެގެންދާނެކަމެކެވެ.

ޑޮކިއުމަންޓްތައް ފޮނުވާނީ

ޤިބްލަގެ ވަޓްސްއަޕްއަށް

ދަތުރު

  • ޢުމްރާ ވިސާގެ ޚިދުމަތް އަމިއްލައަށް.
  • ޢުމްރާވެރިންނަށް އެހީވެދޭނެ ސްޓާފުން.
  • ދީނީ އިރުޝާދު ދޭނެ ޢިލްމުވެރި ބޭފުޅުން
  • 3 – 5 ތަރީގެ ފެންވަރު ރަނގަޅު ހޮޓާ
  • ރަހަމީރު ދިވެހި ކެއުން
  • މައްކާ، މަދީނާ، ތާޢިފް އަދި ޖިއްދާ ދަތުރު
  • އާސާރީ ތަންތަނަށް ޒިޔާރަތްކުރެވޭނެ.

ރަޖިސްޓްރީ ކުރެއްވުމަށް

އައިޑީ ކާޑު ފޮނުއްވާ

މުއްދަތު ހަމަނުވާ އައިޑީ ކާޑު ކޮޕީއެއް. އަޅުގަނޑުމެންނަށް ހިއްސާ ކުރައްވާ. އައިޑީކާރޑު ފޮނުވާނީ ޤިބްލަގެ ހޮޓްލައިން ނަންބަރު ކަމުގައިވާ 9666104 ގެ ވަޓްސްއަޕްއަށް. އަދި ރަޖިސްޓްރީ ކުރަން ބޭނުންވާ ޢުމްރާގެ މައުލޫމާތު މެސެޖްގައި ހިއްސާ ކުރައްވާ.

އެއްކޮށް ތިބުމަށް ގްރޫޕްކުރުން

އެކަކަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރައްވާނަމަ ޢުމްރާ ދަތުރުގައި ގްރޫޕް ކުރުމަށް ބޭނުންވާ ގޮތް ހިއްސާ ކުރައްވާ. ޢާއިލާ މީހުންނާއި އެކު ދަތުރުގައި ކޮޓަރި އަދި ބަސް ހިއްސާ ކުރައްވަން ބޭނުންފުޅުވާނަމަ އެކަން އަޅުގަނޑުމެންނަށް އަންގަވާ އަދި އެގޮތަށް ނޯޓްކުރެވިފައިވޭތޯ ޔަގީން ކުރައްވާ.

ރަޖިސްޓްރީ ކުރުމަށް ފައިސާ ދެއްކުން

ކޮންމެ ދަތުރަކަށްވެސް ރަޖިސްޓްރީ ކުރުމަށް މަދުވެގެން 5 ހާސް ރުފިޔާ ދެއްކުމުން ރަޖިސްޓްރީ ކުރެވިގެންދާނެ. ރަޖިސްޓްރީވިކަން ކަށަވަރު ކުރުމަށް ފައިސާ ދެއްކި ކަމުގެ ރަސީދު ކޮންމެ ބޭފުޅަކަށްވެސް ދެވޭނެ. އެރަސީދުގައި ޤިބްލަ ނަންބަރު ފަދަ މައުލޫމާތު ހިމަނާފައިވާނެ. ރަސީދު ދެވޭނީ ކޮންމެ ބޭފުޅަކަށްވެސް ވަކި ވަކިން. ފައިސާ ދައްކާ ނިންމަން ޖެހޭ ތާރީހް ހިއްސާ ކުރެވޭނެ.

ފައިސާ ދެއްކޭނެ ގޮތްތައް

އޮފީހަށް ވަޑައިގެން ނަގުދު ފައިސާއިން ދަތުރުގެ ފައިސާ ދެއްކޭނެ. ނުވަތަ ބެންކް ޓްރާންސްފާރވެސް ކުރެވޭނެ.

Account Number

MVR – 7770000055657
USD – 7770000055658

ފައިސާ ދެއްކި ކަމުގެ ސްލިޕް ފޮނުވާނީ ޤިބްލަގެ ހޮޓްލައިން ނަންބަރު 9666104 އަށް

ރަޖިސްޓްރީވުމަށްފަހު ފޮނުވަން ޖެހޭ ލިޔެކިޔުންތައް

ޕާސްޕޯޓް ކޮޕީ

ޢުމްރާގެ ވިސާ ޖެހުމަށްޓަކައި ޕާސްޕޯޓް މައުލޫމާތު ގަނޑުގެ ސްކޭން ކޮޕީއެއް ބޭނުންވާނެ. ޕާސްޕޯޓް ނަގަންޖެހޭ ހާލަތުގައި އެކަން އަންގާނެ. ޕާސްޕޯޓްގެ މުއްދަތު އިންނަން ޖެހޭނީ ދަތުރު ކުރާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ މުއްދަތެއް. މިސާލަކަށް ޑިސެމްބަރު 2022 ވަނަ އަހަރުގެ ދަތުރުކުރަން ނިންމާފައިވާ މީހާގެ ޕާސްޕޯޓްގެ މުއްދަތު ޖުލައި 2023 އަށް ހަމަނުވެ އޮންނަން ވާނެ. މިހާރު ސައުދީގެ ޤަވައިދު އޮންނަ ގޮތުން ތިންނަން އޮތުން މަޖުބޫރެއް ނޫން.


* ޕާސްޕޯޓް މައުލޫމާތު ގަނޑުގެ ސާފު ސްކޭން ކޮޕީއެއް ޕާސްޕޯޓް
* ޕާސްޕޯޓްގެ މުއްދަތު އިންނަން ޖެހޭނީ ދަތުރު ކުރާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ މުއްދަތެއް.
* ޕާސްޕޯޓްގެ ތިރީގައިވާ ކޯޑް އެއްކޮށް ސާފުކޮށް ސްކޭން ކޮޕީގައި އަރާފައި އިންނަންވާނެ

ޕާސްޕޯޓް ސައިޒް ފޮޓޯ

ވިސާ ޖެހުމަށްޓަކައި ޕާސްޕޯޓް ސައިޒް ފޮޓޯ ގެ ސޮފްޓް ބޭނުންވާނެ. ފޮނުވާ ފޮޓޯއަކީ ސާފު، ފަހުގެ ފޮޓޯ އަކަށް ވާންވާނެ. ފޮޓޯ ވާންވާނީ ނެގިތާ 3 މަސް ހަމަނުވާ ފޮޓޯއަކަށް ވާންވާނެ. ފޮޓޯގެ ސޮފްޓް ފޮނުވާނީ ހޮޓްލައިންގެ ވަޓްސްއަޕް އަށް. ފޮނުވާއިރު އެބޭފުޅެއްގެ ނަން ޖައްސަވާ.

ކޮވިޑް ވެކްސިންގ

ކޮވިޑް ވެކްސިންގ ގެ 2 ޑޯޒް ފުރިހަމަކޮށްފައިވާންވާނެ. ސިނަފޯމް ޖަހާފައިވާ ފަރާތްތަށް 2 ޑޯޒް ފުރިހަމަ ކުރުމާއި އެކު ބޫސްޓާރ ޖަހަންވާނެ. ވެކްސިންގ ކާޑްތަކުގެ ސްކޭން ކޮޕީ ފޮނުވާނީ ހޮޓްލައިންގެ ވަޓްސްއަޕް އަށް.

ޢުމްރާ ވެކްސިންގ

ޢުމްރާއަށް ދަތުރު ކުރާއިރު ވެކްސިންތައް ފުރިހަމަ ކުރަން ޖެހޭނެއެވެ. އެ ވެކްސިން ތަކަކީ ޕޯލިއޯ، މެނިންގޖައިޓިސް އަދި އިންފުލުއެންޒާއެވެ. މާލެއިން ވެކްސިންގ ޖެހޭނީ ދަމަނަވެށި (މަޖީދީމަގު، ތެލެސީމިއާ ސެންޓަރާއި އިންވެގެން) ހުޅުމާލެއިން ނަމަ ހުޅުމާލެ ހޮސްޕިޓަލުން ޖެހޭނެ. ރަށް ރަށުންނަމަ ރީޖަނަލް ހޮސްޕިޓަލް ތަކުން ވެކްސިންގ ޖެހޭނެ. (ބައެއް ހެލްތް ސެންޓަރުތަކުން ރިކުއެސްޓް ކުރުމުން ގެނެސްދޭ) ވެކްސިންގް ޖަހަން ވަޑައިގަންނަވާއިރު ޕާސްޕޯޓް ކޮޕީ ގެންދަވަންވާނެ. ވެކްސިންގ ޖެހުމަށް ހޭދަވާނީ 450 – 500 ރުފިޔާ.

ފުރިހަމަކުރާ ވެކްސިންތަކުގެ މުއްދަތު:

– ޕޯލިއޯ (1 ހަފްތާ)

– މެނިންގޖައިޓިސް (3 އަހަރު)

– އިންފުލުއެންޒާ (1 އަހަރު)

ވެކްސިންގ ކާޑުގައި ތިރީގައިވާ މައުލޫމާތު ފުރިހަމަތޯ ޔަގީންކުރައްވާ:

– ވެކްސިންގ ޖެހި ތާރީހް

– ވެކްސިނގް ގެ ނަން

– ސޮއި އަދި ތައްގަނޑު

– ވެކްސިންގ ކާޑުގައި ފުރިހަމަ ނަން

Saudi Arabia
Approved Umrah
VISA Travel Agent

އިތުރު ކަންކަން

ކިޓް ހަވާލުކުރުން

ކޮންމެ ޢުމްރާވެރިއަކަށްވެސް ޢުމްރާ ކިޓް ހަވާލުކުރެވޭނެ. ޢުމްރާ ކިޓްގައި ހިމެނެނީ ފިރިހެން ބޭފުޅުންގެ އިހްރާމް، އަންހެން ބޭނުންނަށްކަޅު ފޮތި، ފައިވާން ލާ ކޮތަޅު އަދި ދުޢާ ކާޑް.

ގްރޫޕް ކުރުމުގެ ތަފްސީލް ފޮނުވުން

ޢުމްރާގެ ދަތުރުގައި އުޅޭއިރު ރޫމް އެކުގައި ނަގަން ބެނުންވާ ލިސްޓް ހިއްސާ ކުރައްވުމުން އެގޮތަށް ހަމަޖެހިގެންދާނެ. އަދި އެއް ފްލައިޓްގައި ދަތުރު ކުރުމާއި މަދީނާ ދަތުރު ވަކި ގްރޫޕްތަކެއްގެ ގޮތުގައި ދަތުރު ކުރާނަމަ މަދީނާ ދަތުރުގައި އެކުގައި އެކުގައި ދަތުރު ކުރަން ބޭނުންވާ ކަންވެސް ހިއްސާ ކުރަންވާނެ. މައްކާ އަދި މަދީނާގެ އެތެރޭގައި ބަސް ދަތުރުގައިވެސް އެއް ބަހުގައި ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެކަން އެގޮތަށް ހަމަޖެހިގެންދާނެ. ލިސްޓް އަޅުގަނޑުމެން ހިއްސާ ކުރުމަށްފަހުވެސް މައްސަލައެއް އުޅޭނަމަ ކުރީބައިގައި އަންގަވާދެއްވުން އެދެން.

ވަޓްސްއަޕް ގްރޫޕްއަށް ޖޮއިން ކުރުން

ކޮންމެ ދަތުރެއްގެ މައުލޫމާތު ހިއްސާ ކުރުމަށް ގްރޫޕްއެއް ހެދޭނެ. ސައުދީގައި ވައިބާ ބްލޮކް ކޮށްފައިވާތީ ދަތުރުގެ ކުރީ ކޮޅުން ފެށިގެން ބޭނުންކުރާނީ ވަޓްސްއަޕް ގްރޫޕް. މިގްރޫޕް މެދުވެރިކޮށް ދަތުރުގެ މައުލޫމާތުތައް ދަތުރުގެ ބައިވެރިންނާއި އާއިލާގެ ފަރާތްތަކަށް ހިއްސާ ކުރެވޭނެ. އޯޑިއޯގެ ޒަރީއާއިންނާއި ޕޯސްޓަރުގެ ގޮތުގައިވެސް މައުލޫމާތު ހިއްސާ ކުރަމުންދާނެ. މީގެ އިތުރުން ޢުމްރާވެރިންނަށް ބޭނުންވާނެ މައުލޫމާތުގެ ނޯޓިސް މައްކާގެ ހޮޓަލުތަކުގައިވެސް ހަރުކުރެވޭނެ. ލިންކް ވަކިން ހިއްސާކުރެވޭނެ. އާއިލާގެ ބޭފުޅުންވެސް ލިންކް މެދުވެރިކޮށް ވަދެވޭނެ.

ދަތުރު ޝެޑިއުލް ވެބްސައިޓުން ބަލާލެވޭނެ

ޢުމްރާ ދަތުރުގެ ހުރިހާ މައުލޫމާތެއް، މާލެއިން ފުރާ ދުވަހުން ފެށިގެން މާލެ އެނބުރި އަންނަ ދުވަހާއި ހަމައަށް އަޅުގަނޑުމެންގެ ވެބްސައިޓްގައި ޝެޑިއުލް އަޕްޑޭޓް ކުރެވިފައިވާނެ. ދަތުރުގެ ކަންކަން ފެށުމުން ޝެޑިއުލް އާންމުކުރާއިރު ބައެއް މައުލޫމާތު ނެތް ކަމުގައިވިޔަސް ހަމަޖެހުމާއި އެކު އަޕްޑޭޓް ކުރެވޭނެ. މިސާލަކަށް މަދީނާ ދަތުރުާއި މައްކާ ޒިޔާރަތް ފަދަ ދަތުރުގެ ތާރީހާއި ގަޑި ފެންނަން ހުންނާނެ. ކޮންމެ ދަތުރަކަށް ވަކި ޝެޑިއުލްއެއް ހެދިފައިވާނެ. އަދި މީގެ އިތުރުން ހޯޓާގެ ނަމާއި ފޮޓޯ އެޕޭޖުން ފެންނާނެ. ދަތުރުގައި ބައިވެރިވާނެ އެހީތެރިންގެ މައުލޫމާތުވެސް ހިމަނާފައިވާނެ.

ފަހުގެ ދަތުރުތައް

ޢުމްރާ ކިޓްގައި ހިމެނެނީ

  • ފިރިހެން ބޭފުޅުންގެ އިހްރާމް
  • އަންހެން ބޭނުންނަށްކަޅު ފޮތި
  • ފައިވާން ލާ ކޮތަޅު
  • ދުޢާ ކާޑް

ދަތުރުގައި ވިސްނަން ޖެހޭ ކަންކަން

  • މައްކާގައި އުޅޭއިރު ޤިބްލަ ކާޑު އަޅުވައިގެން އުޅުމަށް ސަމާލުކަން ދެއްވާ.

  • ސިމްކާރޑް ގަންނައިރު އިތުބާރު ހުރި މީހުން އަތުން ގަތުމަށް ސަމާލުކަން ދެއްވާ. ބަހަށް އަރާ މީހުން އަތުން ގަންނަ ސިމް ގިނަ ފަހަރު މައްސަލަ ޖެހޭ.

  • ބަލި ބޭފުޅުން ފުރުމުގެ ކުރިން ޑޮކްޓަރަށް ދެއްކުން. ޤަވައިދުން ކާ ބޭސް ގެންދިއުން.

  • އެއްވެސް ދާއިމީ ބައްޔެއް ހުންނަނަމަ އެކަމާބެހޭ ބޭސް ސިޓީތައް ގެންދިއުން.

ފޮށި ތައްޔާރުކުރާއިކުރުމާއި ފޮށިތައް ހަވާލުކުރުން

ފޮށި ހަވާލު ކުރަންވީ ތަން އިއުލާން ކުރެވޭނެ. 23 ކިލޯގެ 2 ފޮށި އަދި 7 ކިލޯގެ އަތްދަބަސް. ޕަވަރ ބޭންކް ނުވަތަ ބެޓަރި ފަދަތަކެތި ދޫކޮށްލާ ފޮށްޓަށް ނުލެވޭނެ. ދިޔާތަކެތި، ތޫނު އެއްޗިހި ފަދަ ތަކެތި އަތްދަބަހަށް ނުލެވޭނެ.  ދޫކޮށްލާފޮށީގެ ތަޅުދަނޑިއެއް ފޮށްޓާއި އެކު ހަވާލުކުރަންވާނެ ބޭސް، ފައިސާ، ރަންރިހި ފަދަ މުހިއްމު އަދި އަގުބޮޑުތަކެތި ލާނީ އަތްދަބަހަށް.

އިތުރު ދަތުރުތައް

ޠާއިފު ދަތުރު:

  • މިއީ އިތުރަށް ފައިސާ ނަގައިގެން ކުރާ ދަތުރެއް.
  • މިދަތުރުގައި 3 ވަނަ ޢުމްރާ ވުމުގެ ފުރުސަތު ލިބިގެންދާނެ.
  • މައްކާއިން ޠާއިފަށް ދެވޭނީ 1 ގަޑިއިރާ 30 މިނިޓުން.
  • ޠާއިފުން މައްކާއަށް އެނބުރި ދާނީ މީޤާތުގައި މަޑުކުރުމަށްފަހު އިހްރާމް އަޅައިގެން 3 އުމްރާ ވުމަށް ތައްޔާރުވެގެން.
  • ޢުމްރާގެ ނިޔަތް ކިޔުމަށް މީޤާތަށް މަޑުކުރާނެ.
  • މި ޢުމްރާއަކީ ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުސަތެއް.

ޖިއްދާ ދަތުރުދަތުރު:

  • މިއީ އިތުރަށް ފައިސާ ނަގައިގެން ކުރާ ދަތުރެއް.
  • މިދަތުރަކީ ޖިއްދާގައި ވިޔަފާރި ކުރުމަށް ކުރެވޭ ދަތުރެއް.
  • މައްކާއިން ޖިއްދާއަށް ދެވޭނީ 45 މިނިޓުން.
  • މިދަތުރުގައި މިއުޒިއަމްއަކަށާއި މަދުވެގެން 3 ޝޮޕިންގ މޯލްއަށް ދެވޭނެ. 

ކިޔާލަން މުހިންމު ލިޔުންތައް

ނޯޓް:

  • ފިރިހެން ބޭފުޅުންގެ އިހްރާމް
  • އަންހެން ބޭނުންނަށްކަޅު ފޮތި
  • ފައިވާންލާ ކޮތަޅު
  • ދުޢާ ކާޑް
  • އައައައ
  •  
Call Now Buttonގުޅުއްވާ