fbpx

ޙައްޖުގެ އަޅުކަން އަދާ ނުކުރެވުން: ޤިޔާމަތުގެ ކުދި ޢަލާމާތެއް!

ލިޔުއްވީ:

ފަހު ޒަމާނުގައި އުފެދޭ ފިތުނަ ފަސާދައިގެ ސަބަބުން މީހުންގެ ކުރިމަތީގައި ދީނުގެ ދޮރު ބަންދުވުމާއި، ޙައްޖާއި ޢުމްރާގެ އަޅުކަން ނުކުރެވުން ހިމެނެއެވެ.

فعن أبي سعيد الخدري رضي الله عنه أن رسول الله صلى الله عليه وسلم قال"لا تقوم الساعة حتى لا يحج البيت" (رواه أبو يعلي و ابن حيان و الحاكم و قال: صحيح على شرط الشيخين)

މާތް الله އެކަލޭގެފާނަށް ރުއްސުންލެއްވި އަބީ ސަޢީދުލް ޚުދަރީގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "ގެފުޅުގައި ޙައްޖުުގެ އަޅުކަން ކުރުން ހުއްޓުމުން ނޫނީ ޤިޔާމަތެއް ޤާއިމެއް ނުވާނެއެވެ."

އެހެން ނަމަވެސް މިޢަލާމާތަކީ ވަރަށް ފަހުގެ ޢަލާމާތެކެެ. އެއީ ޔައުޖޫޖު މައުޖޫބާގާ މީހުން ނުކުތުމަށްފަހު ވެސް ޙައްޖުގެ އަޅުކަން ކުރިއަށް ދާނެކަން ވަނީ ނަބަވީ ސުންނަތުގައި ބަޔާން ކުރައްވާފައެވެ.

فعن أبي سعيد الخدري رضي الله عنه رسول الله صلى الله عليه وسلم قال: "ليحجن هذا البيت و ليعتمرن بعد خروج بأجوج و مأجوج" (رواه البخاري) ) މާތް الله އެކަލޭގެފާނަށް ރުއްސުންލެއްވި އަބީ ސަޢީދުލް ޚުދަރީގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "މި ގެކޮޅުގައި ޔައުޖޫޖު މައުޖޫބާގާ މީހުން ނުކުތުމަށް ފަހު ވެސް ޙައްޖާއި ޢުމްރާގެ އަޅުކަން ކުރިއަށް ދާނެއެވެ."

ޢިލްމުވެރިން ވިދާޅުވަނީ ކުރިން އިޝާރަތް ކުރި ޙަދީޘްގެ މުރާދަކީ، ހަނގުރާމަ އާއި އެނޫން ވެސް ސަބަބު ތަކާއި ހެދި ޙައްޖުގެ އަޅުކަން މެދު ކެނޑޭނެ ވާހަކައެވެ. ނުވަތަ ބަޔަކު އެކަން މަނާކުރާނެއެވެ. އަދި އެއަަށްފަހު އިހު ގޮތަށް ޙައްޖުގެ އަޅުކަން ކުރިއަށްދާނެއެވެ. (والله أعلم)

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Call Now Buttonގުޅުއްވާ