ޤިބްލަ އިން ރަމަޟާން ޢުމްރާ ދަތުރުތަކުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތަތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ރަމަޟާން މަހުގެ ޢުމްރާ އަގަކީ މީހަކަށް 37000 ރުފިޔާ އެވެ. އަދި ކުޑަކުދިންނާއި އާއިލާތަކަށް ހާއްޞަ އަގުތަކެއް ހަމަޖައްސާފައިވާއިރު 4 އަދި 10 މީހުންގެ ގުރޫޕްތަކަށް ވެސް ހާއްޞަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފަ އެވެ. ރަމަޟާން ޢުމްރާގައި ފުރުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފަހު 20 ދުވަހުގެ އިތުރުން 6 ރޯދަ ހިފޭނެ ގޮތަށް ބަލައިގެންނެވެ.
ގިބްލަ ހައްޖު އެންޑް ޢުމްރާގެ ހިދުމަތްތައް:
• ޙަރަމްފުޅާ ކައިރިން ހޮޓާ
• އިޙްރާމް
• ދެކޮޅު ޓިކެޓް
• ޠާއިފް އަދި ޖިއްދާ ދަތުރު
• މައްކާ އާއި މަދީނާގެ ޒިޔާރަތް ދަތުރު
• ދެ ޢުމްރާ ކުރުމުގެ ފުރުޞަތު
• ވިސާގެ ޚިދުމަތް
• ދިވެހިންގެ ރަހަތަކާގުޅޭ ކެއުން
• ތަމްރީން ޕްރޮގްރާމް
• ދީނީ މަޢުލޫމާތާއި ދަރުސް ދިނުން
އުމުރާ ދަތުރުގައި ވަަޑައިގަންނަވާ ބޭފުޅުން ތިއްބަވާ ހޮޓާ ހުންނާނީ ހަރަމްފުޅާއި ވަރަށް ކައިރީގައިކަމަށާ އެއީ ފެންވަރު ރަނގަޅު ހޮޓަލެއްކަމަށެވެ. އަދި ދިވެހިންނާއި ގުޅޭ ކެއުން ލިބެން ހުންނާނެކަމަށާ ތަޖްރިބާކާރުން އުމުރާވެރިންނަށް އެހީތެރިވުމަށް އަބަދުވެސް ހަރަކާތްތެރިވަމުންދާނެކަމަށެވެ.
މި ދަތުރުގައި މައްކާގައި 24 ދުވަސް، މަދީނާގައި 2 ދުވަސް ހޭދަކުރާނެކަމަށާ މައްކާއާއި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރާނެއެވެ. އެގޮތުން އިތުރު ދަތުރު ތަކުގެ ތެރޭގައި ތާއިފް ދަތުރާއި ޖިއްދާ ދަތުރެއް ހިމެނިފައިވާނެއެވެ. މިދަތުރު ތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާނެއެވެ. ތާއިފް ދަތުރު ނިންމާ މައްކާއަށް އެނބުރި އަންނަ އިރު އިތުރު ޢުމްރާއެއް ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިޢުމްރާ ދަތުރުގެ ދިގުމިނަކީ 26 ދުވަހެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމާއި ނަންނޯޓް ކުރެއްވުމަށް 9666104 ގުޅުއްވުން އެދެމެވެ.