fbpx

ހަ އަހަރުގެ ހާފިޒް، ޔޫސުފްއަށް ޤިބްލައިން ޢުމްރާ ދަތުރެއް ދީފި

ހަ އަހަރުގެ ހާފިޒް، ޔޫސުފް ބިން މާޒިންއަށް ޤިބްލައިން ޢުމްރާ ދަތުރެއް ދީފިއެވެ.

އެންމެ ހަ އަހަރުގައި ޤުރްއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިން އަށް، ޤިބްލަ ޙައްޖު ޢުމްރާގެ ފަރާތުން މިދިން ހާއްސަ ހަދިޔާ އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގެ ޢުމްރާ ދަތުރެކެވެ.

މިއަދު ހަވީރު މާބުލް ރެސްޓޯރަންޓުގައި ޔޫސުފްގެ އާއިލާއިން ޔޫސުފުގެ ކާމިޔާބު ފާހަގަކޮށް ބޭއްވި ހަވީރު ސައިގެ ތެރެއިން ޔޫސުފްއަށް ވަނީ ޢުމްރާ ކިޓް ހަވާލުވެސް ކޮށްފައެވެ. އުމްރާ ކިޓް ހަވާލުކޮށްދެވީ މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސްއެވެ.

ޔޫސުފްއަށް އުމްރާ ދަތުރެއް ދިނުމަށް ނިންމީ ގުރުއާން ހިތުދަސް ކުރުމަށް ކުރި މަސައްކަތަށް ހިތްވަރު ދިނުމުގެ އިތުރުން މިއީ ގުރުއާން ހިތުން ދަސްކުރުމަށް މަސައްކަތް ކުރާ އެހެން ކުދިންނަށްވެސް ހިތްވަރު ދިނުމުގެ ގޮތުން ކުރި ކަމެކެވެ.

މިއީ ރާއްޖޭގައި އުމުރުން ހަ އަހަރުގެ ކުއްޖަކު ގުރުއާން އެއްކޮށް ހިތުދަސްކޮށްފައިވާ ފުރަތަމަ ފަހަރެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Call Now Buttonގުޅުއްވާ